ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޙަސަން ޞާބިރު ރަސްމީ ޢިއްޒަތުގައި ފަސްދާނުލައިފި

Main 20250728 180010
STO_Ads
TTH_Ads
Advertisement

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޙަސަން ޞާބިރު މިއަދު ޢަސްރު ނަމާދަށް ފަހު ރަސްމީ ޢިއްސޒަތުގައި ފަސްދާނުލައިފިއެވެ. ޙަސަން ޞާބިރު ނިޔާވީ މިއަދު ހެނދުނުގެ ވަގުތެއްގައި ޓްރީ ޓޮޕް ހޮސްޕިޓަލުގައެވެ. އެމަނިކުފާނު ނިޔާވީ އުމުރުފުޅުން 73 އަހަރުފުޅުގައެވެ.

މިއަހަރުގެ މިނިވަން ދުވަހުގެ ރަސްމިއްޔާތުގައި ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާގެ ޝަރަފު އެރުވުނު ޙަސަން ޞާބިރުގެ ޖަނާޒާގެ ކަންތައް ކުރިއަށް ގެންގޮސްފައިވަނީ އިސްލާމީ މަރުކަޒުގައެވެ. މޫނު ދެއްކުމާއި ކަށުނަމާދު ނިންމުމަށްފަހު، އެމަނިކުފާނުގެ ހަށިކޮޅު ވަނީ ގަލޮޅު ސަހަރާގައި ވަޅުލައިފައެވެ.

އެމަނިކުފާނުގެ ކަށުނަމާދުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި ދައުލަތުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަޢުޒިޔާ ވިދާޅުވެފައެވެ. “ޙަސަން ޞާބިރު އަވަހާރަވި ޚަބަރު އަޑުއެއްސެވީ ނުހަނު ފުންހިތާމައާ އެކު” ކަމަށް ރައީސް ވިދާޅުވެ، މަރުޙޫމުގެ ފުރާނަފުޅަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކުރެއްވުން އެދި ދުޢާ ދެންނެވިއެވެ.

HajjCop_ads
Advertisement

ދިވެހި ދައުލަތަށް 38 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ޙަސަން ޞާބިރު ވަނީ ދަނޑުވެރިކަމާއި ފަތުރުވެރިކަމާއި މަސްވެރިކަމުގެ ދާއިރާގެ ވަޒީރުކަން ކުރައްވާފައެވެ. އެމަނިކުފާނުގެ ވަޒީރުކަމުގައި އެ ދާއިރާތަކުން އަގުހުރި ގިނަގުނަ ޚިދުމަތްތަކެއް ޤައުމަށް ކޮށްދެއްވާފައިވެއެވެ.

އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފާއި ކުރީގެ ރައީސުންނާއި ދައުލަތުގެ އިސްވެރިންނާއި ސިޔާސީ ވެރިންވެސް ވަނީ ތަޢުޒިޔާ ވިދާޅުވެފައެވެ.

MWSC_ads
Avid_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ފުލުހުންގެ ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފި

ރައީސް މުޢިއްޒުގެ ދެކަނބަލުން ކޮޅުނބުގައި ހުންނަ ހައިކޮމިޝަނަށް ޒިޔާރަތްކުރައްވައިފި

bml

ބީއެމްއެލް އިން މާލީ ކުށްތަކާ ދެކޮޅަށް މުހިންމު ފިޔަވަޅެއް

ލަންކާގައި ދިވެހި ޕާސްޕޯޓާއި އައިޑީކާޑުގެ ޚިދުމަތް ރަސްމީކޮށް ފަށައިފި