ސަސްޕެންޝަން ގައި ހުންނެވި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕްރިޒަންސް މުހައްމަދު އާސިފް, މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ވަކިކޮށްފި އެވެ.

ކަރެކްޝަންގެ މީޑިއާ އޮފިސަރު ވަނީ އެކަން ޔަޤީން ކޮށް ދެއްވާފަ އެވެ. އިތުރު ތަފްސީލެއް ނުދެއްވާ އޭނާ ވިދާޅުވީ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕްރިޒަންސް މުހައްމަދު އާސިފް, މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ވަކިކޮށްފައިވާ ކަމަށެވެ.

އާސިފް ސަސްްޕެންޑް ކުރީ ޕްރިޒަންސް ކުލަބުގެ އެކައުންޓުން 200،000 ރުފިޔާއަށް ވުރެ ގިނަ ފައިސާ އެކިއެކި އެކައުންޓުތަކަށް ޖަމާކުރި މައްސަލަ އަކާއި ގުޅިގެންނެވެ. އެ ކުލަބުގައި އިސްކޮށް ހުންނެވީ އާސިފް އެވެ.

އިޝްތިހާރު އިޝްތިހާރު

އެ މައްސަލަ ފެންމަތިވުމުން މީގެ އަށެއްކަ މަސް ދުވަސްކުރީން އޭނާ ވަނީ މަޤާމުގެ މަސްއޫލިއްޔަތުން އެކަހެރިކޮށް ސަސްޕެންޑް ކޮށްފަ އެވެ.