ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޖަލުތަކަށް އާ އޮފިސަރުން ހޯދުމަށް އިއުލާނުކޮށްފި

B hic6WaFE2HrxbJlEBDlIaDI4E
TTH_Ads
Maldivian_Ads
STO_Ads
Advertisement

ރާއްޖޭގެ ޖަލުތައް ބެލެހެއްޓުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށްޓަކައި “ޕްރިޒަން އޮފިސާ ޓްރޭނީން” ގެ މަގާމަށް މީހުން ހޯދުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން އިއުލާނުކޮށްފިއެވެ.

ކަރެކްޝަނުން ބުނީ ޖަލުތަކުގައި ހިދުމަތް ކުރަން ޝައުގުވެރިވާ ފަރާތްތަކަށް ވަޒީފާއަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފައި ކަމަށެވެ. ވަޒީފާއަށް އެދި ހުށަހަޅަން ޖެހެނީ ކަރެކްޝަންސްގެ ޕޯޓަލް މެދުވެރިކޮށްކަމަށް ކަރެކްޝަންސްއިން ބުންޏެވެ.

އެ މަގާމަށް ހޮވޭ ފަރާތްތަކަށް އަސާސީ މުސާރައިގެ ގޮތުގައި މަހަކު 6،050 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާއިރު، ތަމްރީނު ފުރިހަމަކޮށް ހުވާ ކުރުމުން ސާވިސް އެލަވަންސްގެ ގޮތުގައި އިތުރު 5،555 ރުފިޔާ ލިބޭނެކަމަށް ކަރެކްޝަންސްއިން ބުންޏެވެ.

HajjCop_ads
Advertisement

ވަޒީފާގެ ޝަރުތުތައް:
ދިވެހި ރައްޔިތަކަށް ވުމާއެކު، އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ މީހަކަށްވުން.
މަގާމާ ގުޅޭ ދާއިރާއަކުން އެމްއެންކިއުއެފް ލެވެލް 3 ގެ ސަނަދެއް އޮތުން ނުވަތަ ގްރޭޑް 10 ނިންމާފައިވުން ނުވަތަ ނޭޝަނަލް ސާވިސް ޕްރޮގްރާމް ފުރިހަމަކޮށްފައިވުން.
ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރެވޭ ފަދަ ދުޅަހެޔޮ ސިއްހަތެއްގައި ހުރުން.
ޖިނާއީ ކުށެއްގެ ރެކޯޑު ނެތް މީހަކަށް ވުމާއި މަސްތުވާތަކެތީގެ ފަރުވާ ހޯދާފައިވާ މީހަކަށް ނުވުން.
މީގެ އިތުރުން ވަޒީފާއަށް އެދޭ މީހުންގެ ހަށިހެޔޮކަން ކަށަވަރު ކުރުމަށްޓަކައި ހަދާ ފިޒިކަލް ފިޓްނަސް ޓެސްޓާއި ފެތުމުގެ ޓެސްޓުން ފާސްވާން ޖެހޭނެކަމަށް ކަރެކްޝަންސްއިން ބުންޏެވެ.

އަދި އިންޓަވިއު، މެޑިކަލް އެގްޒަމިނޭޝަން އަދި ބެކްގްރައުންޑް އެސެސްމަންޓުންވެސް ފާސްވާން ޖެހޭނެކަމަށް ކަރެކްޝަންސްއިން ބުންޏެވެ. އިންޓަވިއު ކުރުމަށް ހަމަޖެހިފައިވަނީ ހުރިހާ ޝަރުތުތަކެއް ފުރިހަމަވެގެން ޝޯޓްލިސްޓްވާ ފަރާތްތަކާ އެކަނިކަމަށް ކަރެކްޝަންސްއިން ބުންޏެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
TTH_Ads
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

HT81JRqakAA3e2v

ޤައިދީންނަށް ޚިދުމަތްދިނުމަށް ހުޅުމާލޭ ހޮސްޕިޓަލުގައި ހެލްތުކެއަރ ޕޯސްޓެއް

ކަރެކްޝަންސްގެ މުވައްޒަފުންނަށް ބޯހިޔާވަހިކަމުގެ މަޝްރޫޢެއް ކުރިއަށް ގެންދަނީ

ރާއްޖެ ބޭސިކް ކަރެކްޝަނަލް އޮފިސަރސް ކޯހުގެ ތިން ވަނަ ބެޗްގެ ތަމްރީނު ފަށައިފި

8u

އާސިފަށް ކަރެކްޝަންސްގެ ވަޒީފާ ދިނުމަށް ކޯޓުން ހުކުމްކޮށްފި