ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އާސިފަށް ކަރެކްޝަންސްގެ ވަޒީފާ ދިނުމަށް ކޯޓުން ހުކުމްކޮށްފި

8u
STO_Ads
TTH_Ads
Advertisement

ކޮރަޕްޝަންގެ ތުހުމަތުތަކެއްކޮށް ގިނަ ދުވަސްތަކެއް ވަންދެން ސަސްޕެންޑް ކުރުމަށްފަހު، މިދިޔަ އަހަރުގެ ޖުލައި މަހު ވަޒީފާއިން ވަކިކުރި ކުރީގެ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު އާޞިފް އަލުން ވަޒީފާއަށް ރުޖޫޢަކުރަން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މައްޗަށް ސިވިލް ކޯޓުން ޙުކުމްކޮށްފިއެވެ.

ޕްރިޒަންސް ކްލަބް ހިންގެވުމާ ހަވާލުވެ ހުންނެވި އާޞިފް ސަސްޕެންޑް ކުރީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހުއެވެ. އެއީ އެ ކްލަބުގެ ފައިސާގެ ތެރެއިން 200,000 ރުފިޔާ އެކި ބޭންކް އެކައުންޓުތަކަށް ޖަމާކުރި ކަމަށް ބުނާ ތުހުމަތުތަކަކާ ގުޅިގެންނެވެ.

އަށް މަސް ދުވަހުގެ ސަސްޕެންޝަނަކަށްފަހު އާޞިފް ވަޒީފާއިން ވަކިކުރީ 2025 ވަނަ އަހަރުގެ ޖުލައި މަހުގެ 20 ވަނަ ދުވަހުއެވެ.

HajjCop_ads
Advertisement

އާޞިފް ވަޒީފާއިން ވަކިކުރުމާ ގުޅިގެން އޭނާ ވަނީ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައެވެ. ކޯޓުން ނިންމާފައިވަނީ އާޞިފް ވަޒީފާއިން ވަކިކުރީ ޤާނޫނާ ޚިލާފަށް ކަމަށެވެ. އަދި އޭނާ ކުރިން ހުންނެވި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަޤާމަށް ރުޖޫޢަކުރުމަށާއި، ވަޒީފާއިން ވަކިކުރި މުއްދަތުގެ މުސާރައާއި ޢިނާޔަތްތައް އޭނާއަށް ދިނުމަށް ކަރެކްޝަނަލް ސަރވިސްގެ މައްޗަށް ވަނީ އަމުރުކޮށްފައެވެ.

އާޞިފް ކޯޓުގައި ފާހަގަކުރެއްވި ގޮތުގައި، ކަރެކްޝަނަލް ސަރވިސްއިން އޭނާ ވަޒީފާއިން ވަކިކުރުމުގެ ކުރިން ފުރިހަމަ ތަހުޤީޤެއް ކޮށްފައި ނުވެއެވެ. އަދި އިންސާފުވެރިކަން ކަށަވަރުކުރުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަކޮށްފައި ނުވާކަމަށް ވެސް އޭނާގެ ވަކީލު ކޯޓްގައި ވިދާޅުވިެވެ.

މި މައްސަލައިގައި ސިވިލް ކޯޓުން މީގެ ކުރިން ވަނީ އާޞިފްގެ މަޤާމަށް އެހެން މީހަކު ޢައްޔަނު ނުކުރުމަށް ކަރެކްޝަނަލް ސަރވިސްގެ މައްޗަށް ވަގުތީ އަމުރެއް ނެރެފައެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

43

މީގެ 17 އަހަރު ކުރިން ވަކިކުރި ސިފައިންގެ މީހަކަށް ވަޒީފާ ދިނުމަށް ކޯޓުން ހުކުމްކޮށްފި

Ii

މީހަކަށް ފަސް ލައްކައަށްވުރެ ގިނަ ރުފިޔާ ދައްކަން އަލްހާނަށް ހުކުމެއް

Ii

ޖަލު ބަންދު ފިޔަވައި ކަނޑައެޅޭ އިތުރު އަދަބުތައް ތަންފީޒު ކުރުމަށް އެއްބަސްވުމެއް

112

ވިލިމާލޭ މާރުކޭޓް ހެދި ކުންފުންޏަށް ނުދައްކާހުރި ފައިސާ ދައްކަން ހުކުމްކޮށްފި