މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ “ސެޓްފިކެޓް 1 އިން ބޭސިކް ކަރެކްޝަނަލް އޮފިސަރސް” ކޯހުގެ ތިންވަނަ ބެޗް އިއްޔެ މާފުށީ ޖަލުގައި ރަސްމީކޮށް ފަށައިފިއެވެ.
މި ތަމްރީން ޕްރޮގްރާމް އިފްތިތާހުކޮށްދެއްވީ އިންސްޓިޓިއުޓް ފޮރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) ގެ ޑިރެކްޓަރ، ޗީފް ޕްރިޒަން އޮފިސަރ އަޙްމަދު ލުޤްމާންއެވެ.
ކަރެކްޝަނަލް ސަރވިސްގެ “ސެޓްފިކެޓް 1 އިން ބޭސިކް ކަރެކްޝަނަލް އޮފިސަރސް” ކޯސް ފެށުމަށް ބޭއްވި ރަަސްމިއްޔާތުގެ ތެރެއިން – ފޮޓޯ: ކަރެކްޝަނަލް ސާވިސް

ކަރެކްޝަނަލް ސަރވިސް އިން ބުނީ، ޖުމްލަ 33 ބައިވެރިންނާއެކު ކުރިއަށްގެންދާ މި ކޯހުގެ މައިގަނޑު މަޤްސަދަކީ، ޖަލު އޮފިސަރުންގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކަށް އަލުއަޅުވާލައި، އެ މަސައްކަތަށް ބޭނުންވާ އަސާސީ ހުނަރުތައް ފޯރުކޮށްދިނުން ކަމަށެވެ. މިއީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާ އަލަށް ގުޅޭ މުވައްޒަފުން ފުރިހަމަކުރުން ލާޒިމުކުރާ އަސާސީ ތަމްރީން ޕްރޮގްރާމެއް ކަމަށްވެސް އެ ސާވިސް އިން ބުނެފައިވެއެވެ.
ކަރެކްޝަނަލް ސަރވިސްގެ “ސެޓްފިކެޓް 1 އިން ބޭސިކް ކަރެކްޝަނަލް އޮފިސަރސް” ކޯސް ފެށުމަށް ބޭއްވި ރަަސްމިއްޔާތުގެ ތެރެއިން – ފޮޓޯ: ކަރެކްޝަނަލް ސާވިސް
ކަރެކްޝަން އިން މައުލޫމާތު ދިން ގޮތުގައި، މި ކޯސް ފަރުމާ ކުރެވިފައިވަނީ ހަތަރު މޮޑިއުލްގެ މައްޗަށެވެ. އަދި މި ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) ގަބޫލުކުރާ، ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 1 ގެ ފެންވަރަށް ފަރުމާކޮށްފައިވާ ކޯހެއް ކަމަށްވެސް ބުނެފައިވެއެވެ.









ކިޔުންތެރިންގެ ހިޔާލު