ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެޗްޑީސީ ބަލިކޮށް ޤައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި ސިފައިންގެ ކުލަބުން ފުރަތަމަ ފަހަރަށް މިލުކުކޮއްފި

TTH_Ads
STO_Ads
Advertisement

ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތައްޓަށް ކުޅޭ ގައުމީ ވޮލީ މުބާރާތުގެ ތަށި ސިފައިންގެ ކުލަބުން ފުރަތަމަ ފަހަރަށް މިލުކުކޮއްފިއެވެ.

މިމުބާރާތުގެ ފައިނަލުގައި ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަންގެ ކުލަބް އެޗްޑީސީ ސީދާ ތިން ސެޓުން ބަލިކޮށް ސިފައިން ތަށި ހޯދިއިރު މި ސީޒަންގައި ކުޅުނު ތިން މުބާރާތްވެސް ސިފައިންގެ ޓީމުން ވަނީ ކާމިޔާބުކޮއްފައެވެ. މި ރިކޯޑު އެޓީމުން ފުރަތަމަ ގާއިމު ކުރީ 2010 ވަނަ އަހަރުއެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު ފައިނަލު މެޗުގައި ދެޓީމުގެ ފަރާތުން ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު މެޗު ފަށައިގެންވެސް ދެޓީމުގެ ފަރާތުން ފެނިގެންދިޔައީ ހަމަހަމަ ކުޅުމެކެވެ.

HajjCop_ads
Advertisement

ސިފައިންގެ ޓީމުން ބްލޮކުގައި ހޯދި ގިނަ ޕޮއިންޓުތަކާއެކު ފުރަތަމަ ސެޓުގެ ފަހު ބައިގަ ލީޑު ނަގާ ސެޓު ގެންދިޔައީ 25-21 އިންނެވެ. މި މެޗުގެ ތަފާތަކަށް ވެގެންދިޔައީ ސިފައިންގެ ޓީމުގެ އިންޑިޔާ ކުޅުންތެރިޔާ ޗިރާގެވެ. އޭނާ ސިފައިންގެ ޓީމާ ގުޅުނީ މި ސީޒަންގެ ފުރަތަމަ ދެ މުބާރާތުގައި ސިފައިންގެ ޓީމަށް ކުޅުނު ޕާކިސްތާންގެ ހަމަދަށް އަނިޔާވުމުން އޭނާގެ ބަދަލުގައި ގައުމީ މުބާރާތަށެވެ.

ޗިރާގުގެ މޮޅުކުޅުމާ އެކު ސިފައިންގެ ޓީމު ތަފާތުދައްކާ ދެވަނަ ސެޓުގެންދިޔައީ ފަސޭހަކަމާއެކު 25-14 އިންނެވެ. މި ސެޓުގައި އެޗްޑީސީއަށް މާ އެދެވޭ ކުޅުމެއް ނުދެއްކުނު އިރު އެޓީމުގެ ޑިފެންސުންވެސް ވަނީ ގިނަ ގޯސްތަކެއް ހަދާފައެވެ.

މެޗުގެ ފުރަތަމަ ސެޓު ގެއްލުމާއެކު އެޗްޑީސީއަށް ތިންވަނަ ސެޓުގައި އިތުބާރު ހޯދަން ކުރަންޖެހުނު މަސައްކަތް ވެގެންދިޔައީ ބޮޑު ޗެލެންޖަކަށެވެ. އެހެންނަމެވެސް މެޗުގެ ތިން ވަނަ ސެޓު ފެނިގެންދިޔައީ ވަރަށް ވާދަވެރިކޮށްނެވެ. އެހެންނަމަވެސް މުޅި ސެޓުގައިވެސް ލީޑުގައި ކުޅެމުންދިޔައީ ސިފައިންނެވެ. އަދި މެޗުގެ އެންމެ ފަހުކޮޅު އެޗްޑީސީއިން ނަތީޖާ ހަމަ ހަމަކުރިނަމަވެސް ސިފައިން ސެޓު ކާމިޔާބުކުރީ ވާދަވެރި ކުޅުމަކަށް ފަހު 26-24 އިންނެވެ.

ފައިނަލު މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ސިފައިންގެ ޓީމުގެ ޗިރާގެވެ. އޭނާ ވަނީ މުބާރާތުގެ އެންމެ މޮޅު ބިދޭސީ ކުޅުންތެރިންގެ ތެރޭގައި ހިމެނިފައެވެ. މީގެ އިތުރުން ދެން ހިމެނުނީ ސިފައިގެން ޓީމުގެ ލުއިޒް އާއި އެޗްޑީސީގެ ޖިރާލްޑޯއެވެ.

މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނު ދިވެހި ކުޅުންތެރިންނަކީ ސިފައިންގެ ޓީމުގެ ކެޕްޓަން ހުސެން ޝާހިދު، އެޓީމުގެ ހުސެން ރަޒާން، އެޗްޑީސީގެ އިސްމާއިލް ސާޖިދެވެ.

މުބާރާތުގެ އެންމެ މޮޅު ކޯޗަކީ ސިފައިންގެ ޓީމު ޖުނައިދު އަބްދުﷲ އެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Thilafushi port

ޕޯޓް ބަދަލުކުރަން ތިލަފުށި ފަޅު ހުސްކުރަން އަންގައިފި

ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ ހުޅުމާލޭ ލަކުޑި ޖެޓީ މަރާމާތުކުރުމުގެ މަސައްކަތް ފަށައިފި

އެއިޓީން ތާރޓީ ކްލެސިކްގެ ޗެމްޕިއަންކަން ސްޓެލްކޯ ބަލިކޮށް ކްލަބް އެޗްޑީސީއިން ހޯދައިފި

Screenshot 2026 07 25

ސައްބީސް ކާނިވަލް އެޗްޑީސީން ފަށައިފި