އަލިފާނުގެ ހާދިސާތަކެއް ހިނގާފައިވާ މާފަންނު އޯކިޑް ޕްލާޒާ ތަޅާލުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.

ލޯކަލް ގަވާމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު އެކްސްގައި ވިދާޅުވީ، އޯކިޑް ޕްލާޒާއާއި ނިއު ޕްލާޒާއާއި ހައުސް ޕްލާޒާ ހުރީ އާންމުންނަށް ގެއްލުމެއް ލިބިދާނެ ގޮތަކަށް ކަމަށްވާތީ އެ އިމާރާތް ތަޅާލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

"މި މަސައްކަތް ކުރަމުންދާއިރު ޢާންމުންނަށް ކުރިމަތިވެދާނެ ދަތިތަކާއި އުނދަގޫތަކަށްޓަކައި މަޢާފަށް އެދެން،" އާދަމް ޝަރީފް ވިދާޅުވިއެވެ.

އިޝްތިހާރު އިޝްތިހާރު

ތިން ފަންގިފިލާގެ އޯކިޑް ޕްލާޒާއަކީ ސަރުކާރުގެ ކުރީގެ ޝިޕިން ކުންފުނި، މޯލްޑިވްސް ނެޝަނަލް ޝިޕިން ލިމިޓެޑްގެ އިމާރާތެކެވެ. އެ އިމާރާތް އެތައް އަހަރެއް ވަންދެން ބޭނުންނުކޮށް ހުރެ، ތަނުގެ ހާލަތު ހުރީ ބޮލަށް ވެއްޓޭ ހިސާބުގައެވެ.

އެތަނަކީ ގިނަ އަހަރުތަކެއް ވަންދެން މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ އައްޑާއެއްގެ ގޮތުގައި މަޝްހޫއިވާ ތަނެކެވެ.