ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އާދަމް ޝަރީފްގެ ސަފީރުކަމުގެ ފަތްކޮޅު ޤަތަރު އަމީރަށް އަރުވައިފި

STO_Ads
TTH_Ads
Advertisement

ދިވެހިރާއްޖެއިން ޤަޠަރަށް ކަނޑައެޅުއްވި ސަފީރު، އާދަމް ޝަރީފް އުމަރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ޤަޠަރުގެ އަމީރު، ޝެއިޚް ތަމީމް ބިން ޙަމަދު އައްޘާނީއަށް އަރުވައިފިއެވެ.

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު އޮތީ ޤަޠަރުގެ ދޯހާގައި ހުންނަ ލުސައިލް ޕެލެސްގައެވެ. ފަތްކޮޅު އެރުވުމަށްފަހު ބޭއްވި ބައްދަލުވުމުގައި، ސަފީރު އާދަމް ޝަރީފް އުމަރު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުންނާއި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން ޤަޠަރުގެ އަމީރަށާއި އެޤައުމުގެ ރައްޔިތުންނަށް ހެޔޮއެދުންތަކާއި ތަހުނިޔާ ރައްދުކޮށްދެއްވާފައެވެ.

މި ބައްދަލުވުމުގައި ސަފީރު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ތަރައްޤީގެ މަސައްކަތްތަކުގައި ޤަޠަރުން ދެމުންދާ އެހީތެރިކަމާއި އެއްބާރުލުމަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ވަރުގަދަކޮށް، ދެފަރާތުން އިސްކަންދޭ ދާއިރާތަކުން ގުޅުން ފުޅާކުރުމަށް ރާއްޖެއިން ބޭނުންވާކަން ސަފީރު ހާމަކުރެއްވިއެވެ.

HajjCop_ads
Advertisement

ޤަޠަރުގެ އަމީރު ޝެއިޚް ތަމީމް ބިން ޙަމަދު އައްޘާނީ ވަނީ، ސަފީރު އާދަމް ޝަރީފް އުމަރަށް މަރުޙަބާ ވިދާޅުވެ، އެމަނިކުފާނުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ކާމިޔާބީއަށް އެދިވަޑައިގެންފައެވެ. އަދި އާދަމް ޝަރީފްގެ ސަފީރުކަމުގެ ދައުރުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ޔަގީންކުރައްވާކަމަށް ވިދާޅުވިއެވެ.

ސަފީރު އާދަމް ޝަރީފް އުމަރު ވިދާޅުވީ، ޤަޠަރުގައި ރާއްޖެ ތަމްސީލުކުރުމަކީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ވަރަށް ބޮޑު ފަޚުރެއް ކަމަށެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަމާއި އެއްބާރުލުން އިތުރަށް ވަރުގަދަކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

މި ރަސްމިއްޔާތުގައި ސަފީރުގެ އަރިހުގައި، ޤަޠަރުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ސެކަންޑް ސެކްރެޓަރީ މުޙައްމަދު ތަޙުސީން ބައިވެރިވެވަޑައިގެންނެވިއެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
HajjCop_ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Screenshot

ޤަތަރަށާއި އެކުވެރި ޢަރަބި އިމާރާތަށް ކަނޑައަޅާ އާ ސަފީރުން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވައިފި

Minister Adam Shareef

ތަފާތުކުރުމެއް ނެތި ހުރިހާ ކައުންސިލްތަކާއެކު މަސައްކަތްކުރާނަން: އާދަމް ޝަރީފް

މިއަދުވެސް ފެނިގެންމިދަނީ އެހީވުމުގެ ރީތި ސިފަ: އާދަމް ޝަރީފް

ކާރިސާ ޙާލަތްތަކުގައި ދިވެހިން އެންމެ ބޮޑަށް ބަރޯސާވާ އެއްބަޔަކީ ދަނޑުވެރިން: އާދަމް ޝަރީފް