ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މިދިޔަ ހަތަރު އަހަރު މޫދު ހާދިސާތަކުގައި މަރުވީ 112 ފަތުރުވެރިން

Large 1469550305377m2h
ފުލުހުންގެ ލޯންޗެއް —
STO_Ads
Maldivian_Ads
TTH_Ads
Advertisement

މޫދުގެ ހާދިސާތަކުގައި، 2020 އިން ފެށިގެން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް 112 ފަތުރުވެރިން މަރުވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހާ ފުލުހުން އެ މައުލޫމާތު ހިއްސާކުރީ، މޫދުގެ ހާދިސާތަކުގައި މިދިޔަ ހަތަރު އަހަރު މަރުވެފައިވާ ފަތުުރުވެރިންގެ އަދަދެއް ހޯދަން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް، މިދިޔަ އަހަރުގެ ނޮވެމްބަރު ފުލުހުންނަށް ފޮނުވާފައިވާ ސިޓީއަކާ ގުޅިގެންނެވެ.

އެ ސިޓީގައިވާ ގޮތުން އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން މަރުވެފައިވަނީ މިދިޔަ އަހަރުއެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރުގެ ނިޔަލަށް 34 ފަތުރުވެރިން މޫދުގެ ހާދިސާތަކުގައި މަރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

HajjCop_ads
Advertisement

މިިދިޔަ ހަތަރު އަހަރު އެންމެ ގިނަ ފަތުުރުވެރިން މަރުވެފައިވަނީ ގެނބިގެންނެވެ. ޖުމުލަ 68 ފަތުރުވެރިން ގެނބިގެން މަރުވެފައިވާ އިރު، މިދިޔަ އަހަރު އެކަނިވެސް 21 ފަތުރުވެރިން ވަނީ ގެނބިގެން މަރުވެފައެވެ. އޭގެ އިތުރުން ޑައިވިން ނުވަތަ ސްނޯކްލިންއަށް ގޮސް އުޅެނިކޮށް 42 ފަތުރުވެރިން ވަނީ މަރުވެފައެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި ސްނޯކްލިން ނުވަތަ ޑައިވިނަށް ގޮސް އުޅެނިކޮށް ކަނޑުގައި ދުއްވާ އުޅަނދެއްގައި ޖެހިގެން ނުވަ މީހަކަށް އަނިޔާވެ އެކަކު ވަނީ މަރުވެފައެވެ.

މިދިޔަ ހަތަރު އަހަރު ފަތުރުވެރިން މަރުވި އަދަދު:

2020 – 9 މީހުން

2021 – 19 މީހުން

2022 – 22 މީހުން

2023 – 28 މީހުން

2024 އޮކްޓޯބަރު މަހުގެ ނިޔަލަށް – 34 މީހުން

Ads_MTCC
MPL_Ads
MWSC_ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

tourists

އަހަރުގެ މިހާތަނަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން

އޭޓީއެމް ފެއާ މާދަމާ ފަށަނީ

resort

ނުނިމިހުރި 168 ރިސޯޓު ނިންމުމަށް ފަހިވާނެ ގޮތަށް ގަވާއިދެއް އެކުލަވާލައިފި

Images

ފަތުރުވެރިކަމުގެ މަސައްކަތް ކުރިއަށް ނުދާ ތަންތަނުގެ އެއްބަސްވުން އުވާލަނީ