ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ލަފާކުރެވެނީ މޫސުން ރަނގަޅުވާނެކަމަށް: މޫސުމާބެހޭ އިދާރާ

moosun
STO_Ads
TTH_Ads
Advertisement

މާދަމާ މޫސުން ރަނގަޅުވާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

މަޢުލޫމާތު ދެއްވަމުން މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ކުރިއަށް 24 ގަޑިއިރު، އުތުރާއި މެދު ރާއްޖެ ތެރެއަށް ބޯކޮށް ވާރޭވެހި، ދެކުނުގެ ރަށްތަކަށް ކެރީގެ އަސަރުކުރާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

މޫސުމާ ބެހޭ އިދާރާއިން ލަފާކުރައްވާ ގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރު، ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެއެވެ. އަދި ވިލާގަނޑުގައި 40 މޭލަށް ވައި ގަދަވާނެކަމަށް ލަފާކުރައްވައެވެ. އަދި ރާއްޖޭގެ އެކި ހިސާބުތަކަށް އާދައިގެ ވަރަކަށް ކަނޑުތައް ގަދަވާނެކަމަށްވެސް މޫސުމާ ބެހޭ އިދާރާއިން ވިދާޅުވިއެވެ.

HajjCop_ads
Advertisement

މޫސުން ރަނގަޅުވާނެކަމަށް އެ އިދާރާއިން ލަފާކުރައްވަނީ އަންނައާދިއްތަ ދުވަހުގެ މެންދުރުފަހުން ފެށިގެންނެވެ.

މިދިޔަ 24 ގަޑިއިރު، ރާއްޖޭގެ އެކި ހިސާބުތަކަށް އުދައަރާނެކަމަށް މޫސުމާ ބެހޭ އިދާރާއިން ލަފާކުރެއްވި ނަމަވެސް، އަދި މިހާތަނަށް އެއްވެސް ރަށަކަށް އުދަ އަރައިގެން އަދި ވިއްސާރައިގެ ސަބަބުން ގެއްލުން ވެގެން ރިޕޯޓުކޮށްފައިނުވާކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ، އެންޑީއެމްއޭއިން މަޢުލޫމާތުދެއްވައެވެ.

މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ ކަނޑު ދަތުރުކުރާ ފަރާތްތަކުންނާއި އާންމުކޮށް ހުރިހާ އެންމެންވެސް މޫސުމަށް ސަމާލުވުމަށް ކަމާ ބެހޭ ފަރާތްތަކުން އިލްތިމާސްކުރައްވައެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު