ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި މަސައްކަތްކުރައްވާ ބޭފުޅުންނަށް ހިންގާ ޕްރޮގްރާމުގެ ދެވަނަ ސެޝަން ބާއްވައިފި

405478 cc75b101 3
ރައީސް އޮފީހުން ކުރިއަށްގެންދާ “އެގްޒެކެޓިވް ޑިވެލޮޕްމަންޓް ޕްރޮގްރާމް 2025-2027” ގެ ދެވަނަ ސެޝަން ކުރިއަށްދަނީ — ފޮޓޯ: ރައީސް އޮފީސް
TTH_Ads
STO_Ads
Advertisement

ރައީސް އޮފީހުން ކުރިއަށްގެންދާ “އެގްޒެކެޓިވް ޑިވެލޮޕްމަންޓް ޕްރޮގްރާމް 2025-2027” ގެ ދެވަނަ ސެޝަން މިއަދު ބާއްވައިފިއެވެ.

ގައުމީ ޔުނިވާސިޓީ، އެމްއެންޔޫގެ އޮޑިޓޯރިއަމްގައި މިއަދު މެންދުރުފަހު ބޭއްވި އެ ސެޝަންގައި، ސަރުކާރުގެ އެކި ވުޒާރާތަކާއި މުއައްސަސާތަކުން ގިނަ އަދަދެއްގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަދުގެ ސެޝަންގައި، “އިންފުލުއެންސް: ދަ ހާޓްބީޓް އޮފް ލީޑާޝިޕް” މި މައުޟޫއަށް ވާހަކަދެއްކެވީ، އެމްޕަވަރިންގް އޯލްގެ ފައުންޑަރު، މަސްއޫދު އަލީއެވެ.

MMA_Ads
HajjCop_ads
Advertisement

ރައީސް އޮފީހުން ބުނީ ހަގީގީ ލީޑާޝިޕްގެ އަސާސީ ސިފައަށް އަލިއަޅުއްވާލައްވަމުން، އެއީ ހަމައެކަނި ހުނަރުތައް މެނޭޖްކުރުން ނުވަތަ ޓީމުތަކެއް އެކުލަވާލުމަށްވުރެ ފުޅާ ދާއިރާއެއްގައި ހިނގާ ކަމެއްކަން، މަސްއުދުގެ ތަގުރީރުގައި ފާހަގަކުރެއްވި ކަމަށެވެ.

ޕާސަނަލް އިންފްލުއެންސް ނުވަތަ ހަގީގީ މުއާމަލާތްތަކާއި، އިތުބާރު ހިފޭ، އަދި އިޖުތިމާއީ ހުނަރުތަކުގެ ޒަރިއްޔާއިން އެހެން މީހުންގެ ވިސްނުމާއި އަމަލުތަކާއި އިހުތިޔާރުތަކަށް ނުފޫޒު ފޯރުވުމުގެ ގާބިލުކަމާއި، ގުޅުން ބަދަހިކުރުމާއި، ފައިދާކުރަނިވި ހަރުދަނާ ގޮތެއްގައި މުއާމަލާތު ކުރުމާއި، ނުފޫޒުގެ އަހުލާގިއްޔާތާއި އިސްތިރާޖާ ބެހޭ ގޮތުންވެސް މަސްއުދުގެ ތަގުރީރުގައި އަލިއަޅުއްވައިލެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އަދި ހަރުދަނާ ލީޑާޝިޕެއް ބިނާވަނީ ހަރުދަނާ ގޮތެއްގައި މަގުސަދު ދެނެގަތުމާއި، އިތުބާރު އުފެއްދުމާއެކު ވަކިވަކި ފަރުދުންނަށްވެސް ކުރިއަރައިދެވޭނެ ފަދަ ވެއްޓެއް ބިނާކުރުމުގެ މައްޗަށްކަން މަސްއޫދުގެ ތަގުރީރުގައި ފާހަގަކުރެއްވި ކަމަށެވެ.

ރައީސް އޮފީހުން ބުނީ އާންމު ވިސްނުމެއް އުފައްދައި، ހަގީގީ ގުޅުންތައް ބަދަހިކުރުމާއި، ނަފްސާނީ ރައްކާތެރިކަން ކުރިއެރުވުމާއި، ވަކިން ހާއްސަކޮށް، ހައިރާކީ އޮނިގަނޑެއް އޮތުމާއި ގޮތް ނިންމުމުގެ މަރުކަޒީ ބާރެއް އޮތުމާއި ގާއިމުކުރެވިފައިވާ ވަކި ތަރުތީބެއް ދެމެހެއްޓުން ފަދަ އިހުގެ ލީޑާޝިޕްގެ ގޮތްތައް ބޭނުންކުރުން މަދުވަމުން އަންނަ ދުވަސްވަރެއްގައި، ދޭދޭ މަސްލަހަތުތައް ކުރިއެރުވިދާނެ ގޮތްތަކުގެ މައްޗަށްވެސް މިއަދުގެ ތަގުރީރުގައި އަލިއަޅުއްވާލާފައިވާ ކަމަށެވެ.

މި އަސާސީ މާއްދާތަކާއެކު، ލީޑަރުންގެ ފަރާތުން އަނެކާއަށް އިތުރު ހިތްވަރެއް ލިބި، ޓީމެއްގެ ގޮތުގައި މަސައްކަތްތެރިކަން އިތުރުކުރެވި، ވަކި މަގުސަދެއް އޮވެގެން ހިންގާ ލީޑާޝިޕެއް ގާއިމުކުރެވިދާނެ ގޮތްތައް، މިއަދުގެ ސެޝަންގެ ބައިވެރިންނާ މަސްއޫދު ހިއްސާކުރެއްވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

“އެގްޒެކެޓިވް ޑިވެލޮޕްމަންޓް ޕްރޮގްރާމް” (އީޑީޕީ) އަކީ ސިޔާސީގޮތުން އައްޔަންކުރެވޭ ބޭފުޅުން ހިމެނޭހެން، ދައުލަތުގެ މުވައްޒަފުންގެ ޕާފޯމަންސް ހަރުދަނާކުރުމަށް އެކުލަވާލެވުނު ޕްރޮގްރާމެކެވެ. އެ ޕްރޮގްރާމްގައި، ހިންގުމުގެ ހުނަރުތައް ދަސްކޮށްދިނުމާއި، އިދާރާތަކުގެ މެދުގައި މުއާމަލާތްކުރުމުގައި ހުރި ހިރާސްތައް ކުޑަކުރުމާއި، އިދާރީ އޮނިގަނޑަށް ގެނެވޭނެ ހެޔޮ ބަދަލުތަކުގެ މައްޗަށް އަލިއަޅުވާލެވޭނެއެވެ. އެ ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ އިންޓަރެކްޓިވް ލެކްޗާތަކާއި، ސެމިނާ އަދި މަސައްކަތު ބައްދަލުވުންތަކާއި، ދާއިރާގެ ތަޖުރިބާކާރުންގެ ސެޝަންތަކުގެ ޒަރީއާއިންނެވެ.

MPL_Ads
MWSC_ads
Advertisement
STO_Ads
MMA_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

raees Office

ނޫސްވެރިންގެ ބައްދަލުވުންތަކުން “އަދަދު” ނޫސް ސަސްޕެންޑްކޮށްފި

H6txovzbmjojwefnjhdb

ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމަށް ކުރިމަތިލާން ހުޅުވާލައިފި

ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ބުދަ ދުވަހު ހުޅުވާލަނީ

459309 0bfc2a5c e

އިމާރާތްކުރުމުގެ ދާއިރާއަށް ދިމާވެފައިވާ ދަތިތަކަށް ޙައްލެއް ހޯއްދެވުމާ ގުޅޭ ގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރައްވައިފި