ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް ޗައިނާގެ ކުންމިންގއަށް ފުރާވަޑައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި ނާޒިމް ޗައިނާއަށް ވަޑައިގަންނަވަނީ 9 ވަނަ ޗައިނާ-ސައުތު އޭޝިއާ އެކްސްޕޯއާއި 6 ވަނަ ޗައިނާ-ސައުތު އޭޝިއާ ކޯޕަރޭޝަން ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށެވެ.

މި ދަތުރުފުޅުގައި، ޗައިނާ-ސައުތު އޭޝިއާ ކޯޕަރޭޝަން ފޯރަމާއި ޗައިނާ-ސައުތު އޭޝިއާ އެކްސްޕޯގައި ނާޡިމް ތަޤްރީރުކުރައްވާނެއެވެ.

އިޝްތިހާރު އިޝްތިހާރު

މަޖިލީހުގެ އިދާރާއިން ހާމަކުރާ ގޮތުގައި ނާޡިމްގެ މި ދަތުރުފުޅަކީ ޗައިނާއިން ހުރިހައި ޚަރަދެއް ދޭގޮތަށް ހަމަޖެހިފައިވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި މަޖިލީހުގެ ނައިބު ރައީސްގެ އަރިހުގައި ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢައްބާސް، ތޮއްޑޫ ދާއިރާގެ މެންބަރު ޙުސައިން ސަމީރު، ކޮލަމާފުށި ދާއިރާގެ މެންބަރު އިބްރާހީމްދީދީ އަދި ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާޢީލް ނިޒާރު ބައިވެރިވެވަޑައިގަންނަވައެވެ.

ޗައިނާ-ސައުތު އޭޝިއާ ފޯރަމްއާއި އެކްސްޕޯ ކުރިއަށް ދާނީ މިމަހުގެ 17އިން 21އަށް ޗައިނާގެ ކުންމިންގގައެވެ.