ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މަޖިލީހުގެ ބައެއް ކޮމިޓީތަކުން ނާޒިމް ވަކިކޮށްފި

43
TTH_Ads
STO_Ads

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް މަޖިލީހުގެ ބައެއް ކޮމިޓީތަކުން ވަކިކޮށްފިއެވެ.

މަޖިލީހުގެ ރަސްމީ ވެބްސައިޓުން އެނގޭ ގޮތުގައި މާލިއްޔަތު ކޮމިޓީއާއި ސަލާމަތީ ޚިދުމަތްތަކާ ބެހޭ (241) ކޮމިޓީން ވެސް ނާޒިމް ވަނީ ވަކިކޮށްފައެވެ. އޭނާގެ ބަދަލުގައި 241 ކޮމިޓީއަށް އައްޔަންކޮށްފައިވަނީ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު ޙަމަދު އަބްދުﷲއެވެ. އަދި، އޭނާގެ ބަދަލުގައި މާލިއްޔަތު ކޮމިޓީއަށް އައްޔަންކޮށްފައިވަނީ މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަހުމަދު ޒަމީރެވެ.

އެކަމަކު، އޭނާ ހިމެނިވަޑައިގަންނަވާ އެސްއޯއީ ކޮމިޓީން ވަކިކުރި ކަމަކަށް މަޖިލީހުގެ ވެބްސައިޓަކުން ނުދައްކައެވެ.

Maldivian_Ads

މިކަމާ ގުޅޭގޮތުން ނާޒިމްގެ ބަހެއް އަދި ނުލިބެއެވެ. ވެރިކަންކުރާ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހީމް ފަލާހްގެ ބަހެއް ވެސް އަދި ނުލިބެއެވެ.

ކޮމިޓީތަކަށް ބަދަލު ގެނައުމަކީ ބައެއް ފަހަރަށް ޕާޓީތަކުން ކުރާ ކަމެކެވެ. ކޮމިޓީތަކަށް ބަދަލު ގެނެވޭނީ އެ މެންބަރަކު ނިސްބަތްވާ ޕާޓީން އެދުމުންނެވެ.

MWSC_Ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Image 20

13 މިލިއަން ސިނގިރޭޓް ވަގަށް ނަގައިގެން ލިބުނު މަންފާ ބޭނުންކުރީ ޖުވާ ކުޅެން: ނާޒިމް

ހާލަތު ބަލަން މަޖިލިހުގެ ފަރާތުން އެމްޕީއެލް ބަނދަރަށް

Ui

ޗައިނާ-ސައުތު އޭޝިއާ ފޯރަމްއާއި އެކްސްޕޯގައި ބައިވެރިވެވަޑައިގަތުމަށް ނާޒިމް ޗައިނާއަށް

Jxxxx

އުއްތަމަ ފަނޑިޔާރުގެ ރިޓަޔާމެންޓް ޕެންޝަން ބޮޑުކުރަން ނާޒިމް ތާއީދުކުރައްވައިފި