ރާއްޖޭގެ ދިފާޢީ ބާރު ވަރުގަދަ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްޕުޅަށް، ދިފާޢީ ވަޒީރު މުޙަައްމަދު ޣައްސާން މައުމޫން ތަޢުރީފުކުރައްވައިފިއެވެ.
އެ މަނިކުފާނު މިފަދައިން ރައީސްއަށް ތަޢުރީފުކުރައްވާފައި ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އޮސްޓްރޭލިއާއިން ރާއްޖެއަށް ގާޑިއަން ކްލާސް ޕެޓްރޯލް ބޯޓަކާއި މަލްޓި-ބީމް އެކޯ ސައުންޑަރެއް ހަދިޔާކުރަން ނިންމާ، ދެ ޤައުމުގެ ދިފާޢީ ވަޒީރުން އެކުގައި ނެރުއްވި ޖޮއިންޓް ޕްރެސް ސްޓޭޓްމަންޓް ރީޕޯސްޓް ކުރައްވާ، މިނިސްޓަރ ޣައްސާން ވިދާޅުވީ، ސިފައިންގެ އެންމެ މަތީ ވެރިޔާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޤައުމީ ދިފާޢީ ބާރުގެ އަސްކަރީ ޤާބިލުކަން އިތުރުކޮށްދެއްވުމަށް ކުރައްވާ ބުރަ މަސައްކަތްޕުޅަށް، ހިފެހެއްޓުމެއް ނެތި ހިތުގެ އެންމެ ފުންމިނުން އައްސަރިބަހާއި ސާބަސް ދަންނަވާ ކަމަށެވެ.
Sifainge emme mathee veriyaa, Raeesul Jumhooriyya Dr @MMuizzu, qawmee dhifaaee baaruge askaree qaabilkan ithuru koh dhevvumah kuravvaa buramasahkaihpulhah assaribahaa saabahaai shukuru hithuge funminun hifehettumeh nethi dhannavan! 🇲🇻 https://t.co/OoEm0yRb3D
Advertisement— Mohamed Ghassan Maumoon (@mgmaumoon) June 2, 2025
ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ޙުސައިން މުޙައްމަދު ލަޠީފް ވެސް އޮސްޓްރޭލިއާގެ ދިފާޢީ ވަޒީރު ރިޗާޑް މާލްސްއާ މިއަދު ބައްދަލުކުރައްވާފައި ވެއެވެ. މި ބައްދަލުވުމުގައި ވަނީ ދެ ޤައުމުގެ ދެމެދު އަސްކަރީ ދާއިރާގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާއިންނާއި ތިމާވެށި ރައްކާތެރި ކުރުމުގެ ދާއިރާއިންވެސް ދެބޭފުޅުން މަޝްވަރާ ކުރައްވާފައެވެ.
އަދި، މޫސުމީ ބަދަލުތަކުން އަންނަ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރަމުން އަންނަ މަސައްކަތްތައް ތަންފީޛުކުރާނެ ގޮތްތަކާއި ގުޅޭގޮތުން ދެޤައުމުގެ މެދުގައި މަޝްވަރާތައް ކޮށްފައިވެއެވެ.






ކިޔުންތެރިންގެ ހިޔާލު