އަންނަ ރިޔާސީ އިންތިޚާބު ކޮންގްރެސް ޕާޓީން ކާމިޔާބު ކުރުމަކީ ޤައުމަށް އެންމެ ފައިދާ ހުރިގޮތް ކަމުގައި ކުރީގެ ޑިފެންސް މިނިސްޓަރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.
ޣައްސާން މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. އޭނާ ވިދާޅުވީ މި މަހު 15-18 އަށް ބޭއްވި ޕީއެންސީ މަތީ މަޖިލިސް ފެށުނީ ކާމިޔާބީއެއް ހެން ކަމަށެވެ.
އަދި ވިދާޅުވީ މި މަހާސިންތާ އިންތިޒާމު ކުރެއްވި ކޮމިޓީ އަށާއި އެންމެހާ ބޭފުޅުންނަށް ޙައްޤު ޝުކުރާއި ތަޢުރީފު ރައްދުކުރާ ކަމަށެވެ. މީގެ އިތުރުން އިންތިޚާބުން ކުރި ހޯއްދަވާ ކާމިޔާބު ކުރެއްވި ހުރިހާ ބޭފުޅުންނަށާއި މަޤާމުތަކާއި ހަވާލުވަޑައިގެންނެވި އެންމެހާ ބޭފުޅުންނަށްވެސް ވަނީ މަރުޙަބާ ކިޔާފަ އެވެ.

ޣައްސާން ވިދާޅުވީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ޕީއެންސީން ކާމިޔާބު ކުރުމަކީ ޤައުމަށް އެންމެ ފައިދާ ހުރިގޮތް ކަމަށެވެ.
ކޮންގްރެސް ޕާޓީގެ މަތީ މަޖިލީހަކީ މިހާތަނަށް ޕާޓީއަކުން ބޭއްވި އެންމެ ފުރިހަމަ ސިޔާސީ ހަރަކާތެވެ. ރޭ އޮތް މަތީ މަޖިލީސް ނިންމުމުގެ ރަސްމިއްޔާތުގައި އެ ޕާޓީގެ 2028 ވަނަ އަހަރުގެ ރިޔާސީ ޓިކެޓް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ވަނީ އަރުވާފަ އެވެ.
މަތީ މަޖިލީހުގައި ވަނީ ކޮންގްރެސް ޕާޓީގެ ލީޑަރޝިޕަށް ބޭފުޅުން އިންތިޚާބުކޮށްފަ އެވެ.










ކިޔުންތެރިންގެ ހިޔާލު