ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޕީއެސްޖީން ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފި

STO_Ads
Maldivian_Ads
TTH_Ads
Advertisement

ޔުއެފާ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ފްރާންސްގެ ޕީއެސްޖީން ހޯދައިފިއެވެ. ޕީއެސްޖީން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ އިންޓަރ މިލާނާ ދެކޮޅަށް ރޭ ޖަރުމަނުގެ އެލިއަންޒް އެރީނާގައި ކުޅުނު މެޗު 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ.

މި ނަތީޖާ އާއެކު ޕީއެސްޖީ ވެފައިވަނީ ޗެމްޕިއަންސް ލީގުގެ އިތުރުން ޔޫއެފާގެ މުބާރާތެއްގެ ފައިނަލުގައި މެޗެއް ކާމިޔާބުކުރި އެންމެ ތަފާތު ބޮޑު ނަތީޖާއަށް ވެފަ އެވެ.

ފަސްދޮޅަސް ހަތަރު ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ 12 ވަނަ މިނިޓުގައި އަޝްރަފް ހަކީމީ ވަނީ ޑިސިޔޭ ޑުއޭ ދިން ޕާހަކުން ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. އަދި އޭގެ އަށް މިނިޓު ފަހުން ޑިސިއޭ ޑުއޭ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.

HajjCop_ads
Advertisement

ޕީއެސްޖީ އިން މެޗު ކޮންޓްރޯލް ކޮށްގެން ކުޅުނު މި މެޗުގައި އެ ޓީމުން ވަނީ އިންޓަރ މިލާނުގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލަތަކެއް ފޮނުވާލާފަ އެވެ.

ލުއިސް އެންރީކޭގެ އިރުޝާދުގެ ދަށުން ކުޅެމުންދިޔަ ޕީއެސްޖީ އިން ވަނީ މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ގިނައިރުތަކެއް ނުވަނީސް ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 3-0 އަށް ބަދަލުކޮށްފަ އެވެ.

މި ލަނޑުވެސް އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ މި މެޗުގައި ތަފާތު މޮޅު ކުޅުމެއް ދެއްކި އުމުރުން 19 އަހަރުގެ ޑިސިއޭ އެވެ. ޑިސިއޭ މި މެޗުގައި ޖެހި ދެ ލަނޑާއެކު އޭނާ ވެފައިވަނީ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ލަނޑުޖެހި ތިންވަނަ ޓީނޭޖް ކުޅުންތެރިޔާއަށް ވެފަ އެވެ. މީގެ ކުރިން މި ޝަރަފު ލިބިފައިވާ އަނެއް ދެ ކުޅުންތެރިންނަކީ ޕެޓްރިކް ކްލައިވަޓް އާއި ކާލޯސް އަލްބާޓޯ އެވެ.

މި މެޗުގައި ޕީއެސްޖީން ޖެހި ހަތަރުވަނަ ލަނޑު މެޗުގެ 73 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ކްވިޗާ ކްވަރަޓްސްކޭލިއާ އެވެ. އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނިޓަށް ވެފައިވަނިކޮށް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ސެނީ މަޔޫލޫ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 5-0 އަށް ބަދަލުކޮށްފަ އެވެ.

ޕީއެސްޖީ އަށް މި މުބަރާތުގެ ޗެމްޕިއަންކަން ހޯދައިދިނުމާއިއެކު އެ ޓީމުގެ ކޯޗު ލުއިސް އެންރީކޭ ވެފައިވަނީ ދެ ކްލަބަކާއިއެކު ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ހަވަނަ ކޯޗަށް ވެފަ އެވެ. އޭނާ ވަނީ މީގެ ކުރިން 2015 ވަނަ އަހަރު ބާސެލޯނާ އަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދީފަ އެވެ.

އިންޓަރ މިލާނަށް މި މެޗުގައި އެކަށީގެންވާ ކުޅުމެއް ދެއްކިފައިނުވާއިރު މި މެޗަށް ނިކުތުމުގެ ކުރިންވެސް މުސްތަގުބަލާއިމެދު ސުވާލު އުފެދިފައިވާ ސިމޯން އިންޒާގީ ދެން އެ މަގާމުގައި ދެމި ހުރުމާއިމެދު ވަނީ ސުވާލު އުފެދިފަ އެވެ.

އަދި ކުރިއަށް އޮތް ދުވަސްތަކުގައި ދުވަސްވެފައިވާ ކުޅުންތެރިން މަދުކޮށް އެ ޓީމަށް ބޮޑެތި ބަދަލުތަކެއް ގެންނާނެކަމަށް ވަނީ ބެލެވިފަ އެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

F5569e79773d0244d37b1ab06a653677

ފެރާން ޓޯރޭޒްގެ ހެޓްރިކުން ޕީއެސްޖީން ފެށީ ބޮޑު މޮޅަކުން

ކުޅިވަރު އެސޯސިއޭޝަންތަކުން ލިޔެކިޔުން ބެލެހެއްޓުން ލާޒިމުކުރަނީ

އެއިޓީން ތާރޓީ ކްލެސިކްގެ ޗެމްޕިއަންކަން ސްޓެލްކޯ ބަލިކޮށް ކްލަބް އެޗްޑީސީއިން ހޯދައިފި

އައިއޯއޭ އެމްބެސެޑާސް ސެޝަންގައި ބައިވެރިވުމަށް ޝަބާ ގްރީސްއަށް