ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިންފަންޓީނޯއާއެކު ކުރިއަށްގެންދިޔަ ފުޓްބޯޅަ ފެސްޓިވަލުގައި ރައީސް ބައިވެރިވެވަޑައިގެންފި

Main 20251024 181558
STO_Ads
TTH_Ads
Advertisement

ދުނިޔޭގެ ފުޓްބޯޅައިގެ މައި ޖަމްޢިއްޔާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ރާއްޖެއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން ބޭއްވި ފޯރިގަދަ ފުޓުބޯޅަ ފެސްޓިވަލްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންފިއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި މިއަދު ހަވީރު ކުރިއަށްދިޔަ މި ފެސްޓިވަލްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ބައްދަލުކުރެއްވި ޚާއްޞަ ފުޓުބޯޅަ މެޗެއް ކުރިއަށްގޮސްފައިވެއެވެ. މި މެޗުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް އަޙްމަދު ޠާރިޤުގެ އިތުރުން ކެބިނެޓްގެ ވަޒީރުންނާއި ސަރުކާރުގެ އިސް ބޭފުޅުންވެސް ބައިވެރިވެވަޑައިގެންފައެވެ.

މިއަދު ކުރިއަށްދިޔަ މި މެޗުގައި ރައީސް ޑރ މުޢިއްޒު އަދި ފީފާގެ ރައީސްގެ އިތުރުން އިޓަލީއާއެކު ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރި އެ ގައުމުގެ ތަރި މާކޯ މަޓެރާޒީ ރައީސްގެ ދަރިކަލުން އުމައިރު މުޙައްމަދު މުޢިއްޒު އާއި ރާއްޖޭގެ ފުޓްބޯޅަ ލެޖެންޑުންވެސް ބައިވެރިވެފައިވެއެވެ.

HajjCop_ads
Advertisement

މިއީ އެފްއޭއެމްގެ ރައީސް އަޙްމަދު ޠާރިޤުގެ ދަޢުވަތަކަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި ޖަމްޢިއްޔާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ރާއްޖެއަށް ކުރެއްވި ފުރަތަމަ ޒިޔާރަތެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެއިޓީން ތާރޓީ ކްލެސިކްގެ ޗެމްޕިއަންކަން ސްޓެލްކޯ ބަލިކޮށް ކްލަބް އެޗްޑީސީއިން ހޯދައިފި

އައިއޯއޭ އެމްބެސެޑާސް ސެޝަންގައި ބައިވެރިވުމަށް ޝަބާ ގްރީސްއަށް

އެސްޓީއޯ ވޯލްޑް ކަޕް ފޯރި ޕްރޮމޯޝަން ފަށައިފި

މިޑްފީލްޑަރ ޖޭމްސް މިލްނާ ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުން ހުއްޓާލައިފި