ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ތެލަސީމިއާ ސެންޓަރު ރަސްމީކޮށް އޮރެންޖް ހިޔާއަށް ބަދަލުކޮށްފި

8989898989
TTH_Ads
STO_Ads
Advertisement

އެމްބީއެސްގެ ޚިދުމަތާއި، ތެލެސީމިއާ ސެންޓަރ އޮރެންޖު ހިޔާއަށް ރަސްމީކޮށް ބަދަލުކޮށްފިއެވެ.

މިއަދު އޮރެންޖު ހިޔާގައި ބޭއްވި ރަސްމިއްޔާތެއްގައި މި ހަފްލާ ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ.

މިރަސްމިއްޔާތުގައި މި އިމާރާތުގެ ވޯޑްތަކާއި ދެވޭ ޚިދުމަތްތަކާއި އެހެނިހެން ކަންކަން ރައީސް ވަނީ ބައްލަވާލައްވާފައެވެ.

MMA_Ads
HajjCop_ads
Advertisement

އޮރެންޖް ހިޔާގައި މިއަދު ބެއްވި މި ރަސްމިއްޔަތުގައި ހެލްތު މިނިސްޓަރ އަބުދުﷲ ނާޒިމް އިބްރާހީމާއި ޑިފެންސް މިނިސްޓަރ މުހައްމަދު ޢައްސާން މައުމޫނާއި އެހެން ބައެއް ވަޒީރުން ބައިވެރިވެވަޑައިގަތެވެ.

ތެލެސީމިއާ ސެންޓަރު ހުޅުމާލޭ، އޮރެންޖް ހިޔާއަށް ބަދަލުކުރުމުގެ މަސައްކަތް ކޮށްފައިވަނީ ޤައުމީ ދިފާޢީ ބާރުންނެވެ.

ތެލެސީމިއާ ސެންޓަރަށް ވަނީ ކުރީގެ ޑިޒައިނަށް ބައެއް ބަދަލު ގެންނަވާ، ކުޑަކުދިން ގަޔާވާފަދަ ގޮތަކަށް ބަދަލުތަކެއް ގެނެސްފައެވެ.

މިއަހަރުގެ ތެލެސީމިއާ ދުވަސް ކަމަށްވާ މެއި މަހުގެ 8 ވަނަ ދުވަހު ރައީސް ވަނީ އެތަނުގެ ހިންގުން މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސް އަށް ބަދަލުކުރައްވާފައެވެ.

ތެލެސީމިއާ ދުވަހާ ދިމާކޮށް 1994 ވަނަ އަހަރުން ފެށިގެން ބޭނުންކުރަމުންދިޔަ މޯލްޑިވިއަން ބްލަޑް ސަރވިސްގެ ޢިމާރާތުގައި ހިންގަމުންދިޔަ ތެލެސީމިއާގެ ޚިދުމަތްތައް މިހާރުވަނީ ހުޅުމާލޭ އޮރެންޖް ހިޔާއަށް ބަދަލުކޮށްފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެދިވަޑައިގަތުމަކަށް އެމްޓީސީސީން ވަނީ އޮރެންޖް ހިޔާއަށް ޚިދުމަތް ހޯދުމަށް މާލެއިން ފަސޭހަކަމާއެކު ބަހުގައި ދެވޭނެ އިންތިޒާމު ހަމަޖައްސާފައެވެ. އެގޮތުން އެ ސަރަހައްދަށް ޚާއްސަ ބަހެއް މިހާރު ދަތުރުކުރެއެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
MMA_Ads
STO_Ads
HajjCop_ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

395641 c604bcf8 9

31 އަހަރުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ތެލަސީމިއާ ސެންޓަރުގެ ޚިދުމަތް ހުކުރު ދުވަހު ދޭން ފަށައިފި

395665 df95740a c

ތެލެސީމިއާ ކުދިންނަށް އެމްބީއެސްގެ ހާއްސަ ހޮޓްލައިން ނަމްބަރެއް

އޮރެންޖުހިޔާގައި ޤާއިމުކުރެވުނު ތެލަސީމިއާ ސެންޓަރު ސިއްޙީ ވުޒާރާއާ ޙަވާލުކުރެވިއްޖެ

B 202503281033151743183195.8726

ހުޅުމާލޭ އޮރެންޖު ހިޔާއަށް ތެލަސީމިއާ ސެންޓަރު ބަދަލުކުރުމުގެ މަސައްކަތް ފަށައިފި