ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޣައްޒާއާމެދު ދުނިޔެ ގެންގުޅޭ ދެފުށްކެހެރި ސިޔާސަތު މެލޭޝިޔާއިން ވަރަށް ބޮޑަށް ކުށްވެރިކޮށްފި

TTH_Ads
STO_Ads
Advertisement

އިސްތިއުމާރީ ޒަޔަނިސްޓު ބާރުން ޣައްޒާގައި ހިންގާ ނަސްލުނައްތާލުމުގެ ޖަރީމާތަކާމެދު ދުނިޔެ ގެންގުޅޭ ދެފުށްކެހެރި ސިޔާސަތުތަކަށް މެލޭޝިޔާއިން ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށް އެކަން ކުށްވެރިކޮށްފިއެވެ.

މެލޭޝިޔާގެ ފޮރިން މިނިސްޓަރ މުހައްމަދު ހަސަން ވަނީ، އިސްރާއީލުން ޣައްޒާގައި ހިންގާ ގަތުލުއާންމުތައް ވަރަށް ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާފައެވެ.

އަދި މި ގަތުލުއާންމުތަކަށް ދުނިޔެއިން ދައްކަނީ ވަރަށް އިހުމާލުވުންބޮޑު ފަރުވާކުޑަ އަދި ދެފުށްކެހެރި ސަޔާތުތަކެއް ކަމަށްވެސް މެލޭޝިޔާގެ ފޮރިން މިނިސްޓަރ ވިދާޅުވިއެވެ.

HajjCop_ads
Advertisement

މެލޭޝިޔާގެ ފޮރިން މިނިސްޓަރ މުހައްމަދު ހަސަން މި މޭރުމުން ވާހަކަފުޅު ދެއްކެވީ، ދެކުނުއިރުމަތީ އޭޝިޔާގެ ގައުމުތައް ހިމެނޭ އާސިއާންގެ ފޮރިން މިނިސްޓަރުންނާ ކުއާލަލަމްޕޫރުގައި ބައްދަލުކުރައްވައެވެ.

މެލޭޝިޔާގެ ފޮރިން މިނިސްޓަރު ވިދާޅުވީ، އިސްރާއީލުން ޣައްޒާގައި ހުއްޓާނުލާ ޖަރީމާތައް ހިންގަމުން ގެންދަނީ، އިސްރާއީލުގެ މައްޗަށް ބައިނަލްއަގްވާމީ ގާނޫނުގެ ނުހިންގުމުގެ ނަތީޖާއެއްގެގޮތުން ކަމަށެވެ.

ދެކުނުއިރުމަތީ އޭޝިޔާގެ ގައުމުތައް ހިމެނޭ ޖަމާއަތް، އާސިއާން ސަމިޓް ކުއާލަލަމްޕޫރުގައި ފެށުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ. ސަމިޓް ފެށޭ މިދުވަސްވަރަކީ، ޒަޔަނިސްޓުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް ވަރަށް ބޮޑަށް ފުޅާކޮށްފައިވާ ވަގުތެކެވެ.

އިސްރާއީލުގެ ހަމަލާތައް ދުނިޔެއިން ކުށްވެރި ކުރަމުން ގެންދާއިރު، ޣައްޒާއަށް އެތެރެކުރާ އިންސާނީ އެހީގެ މިންވަރު އިތުރުކުރަންވެސް ދުނިޔެއިން ގެންދަނީ ގޮވާލަމުންނެވެ.

މެލޭޝިޔާގެ ފޮރިން މިނިސްޓަރ މުހައްމަދު ހަސަން ވިދާޅުވީ، އިސްރާއީލުން ޣައްޒާގައި ހިންގަމުންގެންދާ ޖަރީމާތަކަށް އާސިއާން ހިމޭނުން އޮވެގެން ނުވާނޭ ކަމަށެވެ.

މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ މެލޭޝިޔާއަކީ އިސްރާއީލާ އެއްވެސް ގުޅުމެއް އޮންނަ ގައުމެއް ނޫނެވެ.

ޒަޔަނިސްޓު އިސްރާއީލުން 2023 ވަނަ އަހަރު ޣައްޒާއާ ދެކޮޅަށް ހަނގުރާމަ ފެށިފަހުން އެކަނިވެސް، މެލޭޝިޔާއިން މިހާތަނަށް ޣައްޒާގެ ރައްޔިތުންނަށް ޑޮނޭޝަންއާއި، އިންސާނީ އެހީގޮތުގައި 10 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ގިނަ އެހީ ޣައްޒާއަށް ފޯރުކޮށްދީފައި ވެއެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޔަހޫދީ ވަޒަންވެރިން ހުޅަނގު އައްސޭރީގެ އަވަށެއް ހިސާރުކޮށްގެން އުޅޭ މައްސަލަ ވަރަށް ހޫނުވެއްޖެ

އަހަރެން ބޮޑުވަޒީރަކަށް ހުރިހާހިނދަކު ފަލަސްތީނުގެ މިނިވަން ދައުލަތެއް ނުއުފެއްދޭނެ: ނަތަންޔާހޫ

ބޯޑް އޮފް ޕީސްވެސް ނަތަންޔާހޫއާ އެއްކޮޅަށް، ޓްރަމްޕްގެ ކިބައިން ހަމާސްއިން އެދެނީ މައްސަލަ ސާފުކޮށްދިނުމަށް

24 ގަޑިއިރުތެރޭ ޣައްޒާއިން 19 މީހުން ޝަހީދުކޮށްލައިފި، އުދުވާނު އަދިވެސް ފުޅާކުރަނީ