ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޣައްޒާގެ ސިއްޙީ ނިޒާމަށް ދޭ ޙަމަލާތައް ވަގުތުން ހުއްޓާލުމަށް މިނިސްޓަރ ނާޒިމް ގޮވާލައްވައިފި

STO_Ads
TTH_Ads

ފަލަސްތީނުގެ ޣައްޒާގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނާއި ޞިއްޙީ އެހީތެރިންނަށް އަމާޒުކޮށް އިޒްރޭލުން ދެމުންދާ ލާއިންސާނީ ޙަމަލާތައް ވަގުތުން ހުއްޓާލުމަށް ރާއްޖެއިން ގޮވާލައިފިއެވެ.

ދުނިޔޭގެ ޞިއްޙަތާ ބެހޭ އެންމެ ބޮޑު ބައްދަލުވުން ކަމަށްވާ 78 ވަނަ “ވޯލްޑް ހެލްތު އެސެމްބްލީ”ގައި ފަލަސްތީނާއި ގުޅޭ އިންޓަވެންޝަންގައި ހެލްތު މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމް ވަނީ ޣައްޒާގެ ރައްޔިތުންނަށް ބައިނަލްއަޤުވާމީ ޤާނޫނުތަކުން ލިބިދޭ ޙިމާޔަތާއި ރައްކާތެރިކަން ޣައްޒާގެ ރައްޔިތުންނަށް ކަށަވަރުވަމުން ނުދާކަމަށާއި އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. ޞިއްޙީ ނިޒާމު ސުންނާފަތިކޮށްލައި، އެތައް ހާސްބައެއްގެ ގެދޮރު ނެތިކޮށްލައި، ޞިއްޙީ ފަރުވާދޭ ތަންތަނަށާއި، ޞިއްޙީ އެހީތެރިންނަށް އަމާޒުކޮށްދެމުންދާ ހަމަލާތަކާއި، އިންސާނީ އެހީ ފޯރުކޮށްދިނުމަށް އަޅަމުންދާ ހުރަސްތަކާއިމެދު ރާއްޖެއިން ކަންބޮޑުވާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިކަންކަމުގެ ނަތީޖާއެއްގެ ގޮތުން ދިރިހުރުމަށް ބޭނުންވާ އެންމެ އަސާސީ ހައްގުތަކުން ޣައްޒާގެ ރައްޔިތުން މަހުރޫމްވެފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

އިޒްރޭލުން ޣައްޒާގެ ނަސްލު ނައްތާލުމަށް ދެމުންދާ ޙަމަލާތައް ރާއްޖެއިން އެންމެ ހަރުކަށި ޢިބާރާތުން ވަޒީރު ކުށްވެރި ކުރެއްވިއެވެ. އަދި އިންސާނީ އެހީ ފޯރުކޮށްދެވޭނެ މަގު ވަގުތުން ފަހިކޮށް، ކާބޯތަކެއްޗާއި ތެލާއި، މެޑިކަލް ސަޕްލައި އެތެރެކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށްވެސް ވަނީ ގޮވާލައްވާފައެވެ. އޭގެތެރޭގައި ނަފްސާނީ އެހީތެރިކަމާއި، ކުޑަކުދިންގެ ޞިއްޙަތާއި ގުޅުންހުރި މުހިންމު ކަންކަމާއި، ބަލިތަކުން ރައްކާތެރިވުމަށް ވެކްސިން ދެވޭނެ މަގުފަހިކުރުން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Maldivian_Ads

ޞިއްޙަތާ ބެހޭ ވަޒީރުގެ ތަޤްރީރުގައި ވަނީ ޣައްޒާއަށް ދޭ ޙަމަލާތައް ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ބައިނަލްއަޤުވާމީ ޖަމްޢިއްޔާތަކާއި އދ.ގެ މެމްބަރު ޤައުމުތަކަށް ވަނީ ގޮވާލައްވާފައެވެ. ވަޒީރު ވިދާޅުވީ ކޮންމެ ޤައުމަކަށް، އަދި ކޮންމެ ނަސްލަކަށް ނިސްބަތްވީ ނަމަވެސް އިންސާނީ ޙައްގުތައް ކަށަވަރުވާންޖެހޭ ކަމަށެވެ. އަދި ރާއްޖެއިން މި މައްސަލައިގައި ސާބިތުކަމާއެކު ކުރެވެން އޮތް ހުރިހާ ކަމެއް ކުރުމުގައި ދެމި ތިބޭނެކަމުގެ ޔަގީންކަން ވެސް ވަޒީރު ވަނީ ދެއްވާފައެވެ. އަދި ދިވެހީން އަބަދުވެސް ފަލަސްޠީނާއެކު ތިބިކަންވެސް ޞިއްޙީ ވަޒީރު ވަނީ ތަކުރާރު ކުރައްވާފައެވެ.

MWSC_Ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mussss

އާބާދީ މަދު ރަށްރަށުގެ ސިއްހީ ޚިދުމަތް ވެސް ފުޅާކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުން: ނާޒިމް

ގައުމަށް ހިދުމަތް ކުރުމުގެ ވިސްނުމެއް އިދިކޮޅު ފަރާތްތަކުން ނުގެންގުޅޭ: ނާޒިމް

Mussss

ސަރުކާރުގެ ބޭސް ކުންފުނިން ބޭސް އެތެރެކޮށް ރަށްރަށް ފޮނުވަން ފަށައިފި

WhatsApp Image 2026 03 05 at 13.42.57

ރާއްޖޭގައި ޝީޝާ މަނާކުރަން ދަނީ މަޝްވަރާކުރަމުން: ނާޒިމް