ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޑީސީޕީ އިސްމާޢީލް ނަވީން، އައިއެފްސީއޭސީސީގެ ސްޓްރެޓެޖީ އެންޑް ޑިވެލޮޕްމަންޓްގެ ކޯޑިނޭޓަރާ ބައްދަލުކުރައްވައިފި

STO_Ads
TTH_Ads
Advertisement

ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން، އިންޓަޕޯލް ފައިނޭންޝަލް ކްރައިމް އެންޑް އެންޓިކޮރަޕްޝަން ސެންޓަރ (އައިއެފްސީއޭސީސީ) ސްޓްރެޓެޖީ އެންޑް ޑިވެލޮޕްމަންޓްގެ ކޯޑިނޭޓަރ، ރިލްވާ ޝަރީފާ ބައްދަލުކުރައްވައިފިއެވެ.

ޝަހީދު ޙުސައިން އާދަމް ބިލްޑިންގ ގައި އޮތް މި ބައްދަލުވުމުގައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން އައިއެފްސީއޭސީސީ އިން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ދެއްވާފައިވާ އެހީތެރިކަމާއި އެއްބާރުލެއްވުމަށް ޝުކުރު އަދާކުރެއްވުމުގެ ގޮތުން ހަނދާނީ ފިލައެއް އެރުވިއެވެ. މި ފިލައާ ހަވާލުވެލެއްވީ އައިއެފްސީއޭސީސީގެ ސްޓްރެޓެޖީ އެންޑް ޑިވެލޮޕްމަންޓްގެ ކޯޑިނޭޓަރ ރިޟްވާން ޝަރީފެވެ.

މި ބައްދަލުވުމުގައި އިންޓަޕޯލް ނޭޝަނަލް ސެންޓްރަލް ބިއުރޯ މާލެގެ ބޭފުޅުންވެސް ބައިވެރިވެލެއްވިއެވެ. އަދި ދިވެހިރާއްޖޭގައި މާލީ ކުށްތަކާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގައި ދިވެހި ފުލުހުންގެ ޚިދުމަތާއި އައިއެފްސީއޭސީސީ ގުޅިގެން ކުރަމުންދާ މަސައްކަތްތަކާ ބެހޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

HajjCop_ads
Advertisement

މި ބައްދަވުމުގައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން، އިންޓަޕޯލާއެކު ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ހިއްސާކުރެއްވިއެވެ. އަދި ގާނޫނު ތަންފީޒުކުރުމުގެ މަސައްކަތްތައް ހަރުދަނާކުރުމަށް އިންޓަޕޯލުން ދެއްވާ އެހީތެރިކަމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. މި ބައްދަލުވުމުގައި، ބައިނަލްއަގުވާމީ ސަލާމަތާއި ރައްކާތެރިކަން ކުރިއެރުވުމަށް، ހާއްސަކޮށް މާލީ ކުށްތަކާއި ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގައި ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް ރިޟްވާން ޝަރީފް ތަޢުރީފުކުރެއްވިއެވެ. ރިޟްވާން ޝަރީފްގެ މި ދަތުރުފުޅަކީ އެންޓި-ކޮރަޕްޝަން ކޮމިޝަނުން އިންތިޒާމުކޮށްގެން ބާައްވާ ފޯރަމެއްގައި އިންޓަޕޯލް ތަމްސީލު ކުރެއްވުމަށް ދިވެހިރާއްޖޭއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅެކެވެ.

މާލީ ކުށްތަކާއި ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގައި ދިވެހިރާއްޖޭގެ ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ ގާބިލުކަން އިތުރުކުރުމަށް އައިއެފްސީއޭސީސީން ކޮށްދެއްވާފައިވާ އަގުހުރި މަސައްކަތްތަކަށް ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވަނީ ޝުކުރު އަދާކުރައްވާފައެވެ.

އައިއެފްސީއޭސީސީގެ ސްޓްރެޓެޖީ އެންޑް ޑިވެލޮޕްމަންޓްގެ ކޯޑިނޭޓަރ ގެ މަގާމުގައި މަސައްކަތް ކުރައްވާ ރިޟްވާން ޝަރީފަކީ ދިވެހި ފުލުހުންގެ ޚިދުމަތުން އިންޓަޕޯލަށް ސެކަންޑްކޮށްފައިވާ އޮފިޝަލެކެވެ.

މި ބައްދަލުވުމުގައި ސަބަބުން ދިވެހިރާއްޖެއާއި އިންޓަޕޯލާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، މާލީ ކުށްތަކާއި ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ މަސައްކަތްތައް ހަރުދަނާކުރުމަށް މަގުފަހިވެގެންދާނެ އެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
STO_Ads
HajjCop_ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Main 20250516

އަހަރުގެ ފުރަތަމަ 6 މަސްދުވަހު މާލެ ސަރަހައްދުގައި 1355 އެކްސިޑެންޓު

moosun

ކަނޑުމަތީގެ ހާދިސާތައް އިތުރުވާތީ ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި

2 Suspects 33e59f8939

ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި 2 ބިދޭސީން ހައްޔަރުކޮށްފި

1 Suspect 3e8c6b718a

ބިދޭސީއެއްގެ އަތުން 10،000ރ ފޭރުނު މީހަކު ހައްޔަރުކޮށް ބަންދަށް