ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސާފް ޗެމްޕިއަންޝިޕަށް 19 އަހަރުން ދަށުގެ ގައުމީ ޓީމު ފުރައިފި

TTH_Ads
STO_Ads
Maldivian_Ads
Advertisement

ތަށި ގެނައުމުގެ އަޒުމުގައި 19 އަހަރުން ދަށުގެ ޤައުމީ ޓީމު ސާފް ޗެމްޕިއަންޝިޕަށް އިންޑިއާއަށް ފުރައިފިއެވެ.

މުބާރާތައް ޓީމު ތައްޔާރުވެފައިވާ މިންވަރާއި ގުޅޭ ގޮތުން ޕީއެސްއެމް ނިއުސްއާއި މައުލޫމާތު ހިއްސާކުރަމުން 19 އަހަރުން ދަށުގެ ޤައުމީ ޓީމުގެ އެސިސްޓެންޓް ކޯޗު އަހުމަދު ސައީދު (ކަކާ) ބުނީ މިދިޔަ އަހަރުގެ މުބާރާތުން ގުރޫޕު ސްޓޭޖުން ކެޓިނަމަވެސް މިފަހަރު މިދަނީ ވަރަށް އުންމީދުގައި ކަމަށާއި، ޓީމާމެދު ފުރިހަމައަށް އިތުބާރު އެބައޮތް ކަމަށެވެ.

އަދި މިވަގުތު ރާއްޖޭގެ ފުޓްބޯޅަ އޮތް ހާލަތަށް ބަލާއިރު ޓީމުގެ ފަރިތަކުރުންތަކާމެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށާއި، އުންމީދު ކުރަނީ ރަނގަޅު ނަތީޖާއެއް މި މުބާރާތުން ހޯދޭނެ ކަމަށް ކަކާ ބުންޏެވެ.

HajjCop_ads
Advertisement

19 އަހަރުން ދަށުގެ ގައުމީ ޓީމު ސާފް ޗެމްޕިއަންޝިޕްގައި އެންމެ ފުރަތަމަ ބައްދަލުކުރާނީ މިމަހުގެ ނުވަވަނަ ދުވަހު ބަނގްލަދޭޝް އާއި ދެކޮޅަށެވެ. ޓީމުގެ ކުޅުންތެރިން ބުނީ މި މުބާރާތަށް މިދަނީ ވަރަށް ރަނގަޅަށް އިދިކޮޅު ޓީމުތަކުގެ ކުޅުން އެނަލައިޒްކޮށް ކޯޗުން ދިން އިރުޝާދުތަކުގެ އަލީގައި ރާއްޖެއަށް ތަށި ގެނައުމުގެ އަމުޒުގައި ކަމަށެވެ.

19 އަހަރުންދަށުގެ ޤައުމީ ޓީމުގެ ކޯޗަކަށް ހަމައްޖާފައިވަނީ އަހުމަދު ޝާކިރު (ޝާކިއްޓެ) އެވެ. މި ޓީމުން އަންނަނީ އޭޕްރީލް މަހުގެ 1 ވަނަ ދުވަހުން ފެށިގެން މުބާރާތަށް ފަރިތަކުރަމުންނެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

402165 3c4b2311 6

އެއްވެސް ޤައުމީ ޓީމެއްގައި ބައިވެރިވެވޭނީ ދުންފަތާ ދުރުވެފައިތިބި އެތުލީޓުންނަށް އެކަނި

ޤައުމީ ޓީމުގެ ކެޕްޓަން ބޭންޑު ހަމްޒާއަށް

ބަންގްލަދޭޝް އާއި އިންޑިއާ މެޗު އެއްވަރު

ސާފް ޗެމްޕިއަންޝިޕް ފަށައިފި