ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފަރެސްމާތޮޑާގެ ފުޓުބޯޅަ ދަނޑު ތަރައްޤީކުރުމުގެ މަސައްކަތް ފަށައިފި

Maldivian_Ads
TTH_Ads
STO_Ads
Advertisement

ދެ އަހަރުދުވަހުގެ ދިގު މުއްދަތަކަށްފަހު ގދ. ފަރެސްމާތޮޑާގެ ފުޓުބޯޅަ ދަނޑު ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އިން އެކްސްގައި ކޮށްފައިވާ ޓުވީޓަކުން މިކަން ހާމަކޮށްފަވާއިރު، އެރަށުގައި އެކުންފުނިން ކުރަން ހަމަޖެހިފައިވަނީ ދަނޑުގެ ސަބްބޭސްގެ މަސައްކަތްކަމަށް ހުވަދު އަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ ކައުންސިލުގެ ރައީސް އަހުމަދު އިމްތިޔާޒްވަނީ ވިދާޅުވެފައެވެ.

މައުލޫމާތުދެއްވަމުން އިންތިޔާޒް ވިދާޅުވީ އެދަނޑަކީ މީގެ ކުރިންވެސް ބޭނުންކުރި ދަނޑެއްކަމަށެވެ. އެހެންނަމަވެސް ދަނޑު ތަރައްޤީކުރުމުގެ މަސައްކަތް މީގެ ދެ އަހަރުކުރިން ފެށުނުނަމަވެސް ވަކި ހިސާބަކުން މަސައްކަތްހުއްޓި ދިގުލައިގެންދިޔައީކަމަށެވެ.

ދަނޑު ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފެށިފަވާއިރު މިހާރު ކުރިއަށްދަނީ ސަބްބޭސް ހެދުމުގެ މަސައްކަތްކަމަށް އޭނާވަނީ ވިދާޅުވެފައެވެ. މިގޮތުން ކަޅުފަސްތައް ނަގާ، ދޮންވެލި އަޅާފައިވާކަމަށް އޭނާ މައުލޫމާތުދެއްވިއެވެ. އަދި ފުރަތަމަ ލޭޔަރުގެ މަސައްކަތް މިހާރު ނިމިފައިވާކަމަށާ ދެން އޮތީ ދެވަނަ ލޭޔަރުގެ މަސައްކަތް ފެށުންކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

“ކަޅުފަސްތައް ނަގާ ދޮންފަސް އަޅާފަ މިހާރު ފުރަތަމަ ލޭޔަރު ނިންމާ ދެވަނަ ދެވަނަ ލޭޔަރުގެ މަސައްކަތް ފެށުމަށް ތައްޔާރުވެފަ އޮތީ” އިމްތިޔާޒް ވިދާޅުވިއެވެ.

މިމަސައްކަތް ނުހުއްޓި ކުރިއަށްދާނަމަ ގާތްގަނޑަކަށް ދެތިން މަސްދުވަހުން ނިމޭނެކަމަށް އިމްތިޔާޒް ވިދާޅުވިއެވެ. އަދި ފުޓުބޯޅަ ދަނޑުގެ މަސައްކަތް ނިމުމުން ކުޅިވަރުގެ ދާއިރާއިން ރަށަށް ވަރަށް ބޮޑު ކުރިއެރުމެއް އަންނާނެކަމަށް ކައުންސިލުގެ ރައީސްވަނީ ވިދާޅުވެފައެވެ.

“މިއީ ފުޓުބޯޅައިގެ ރަށެއް. ދަނޑުގެ އުންމީދުގައި ރަށުގެ ޒުވާނުން ތިބޭތާ ދެއަހަރުވެއްޖެ. އެހެންވީމަ މިތަނަކީ ޒުވާނުންގެ ހުވަފެންތަކާ ގުޅިފައިވާ ތަނެއް” އިމްތިޔާޒް ހާމަކުރެއްވިއެވެ.

އިމްތިޔާޒް ވިދާޅުވީ ފުޓުބޯޅަދަނޑު ތަރައްޤީކޮށް ނިމޭއިރު އެދަނޑުގެ ވަށައިގެން ދުވާ ޓްރެކެއްވެސް އޮންނާނެކަމަށެވެ. މިތަނަކީ ކަސްރަތުކުރާ ފަރާތްތަކަށް ޚާއްސަކޮށްގެން ތައްޔާރުކުރެވޭތަނަކަށްވާއިރު، ރަށު ސްކޫލުގެ ދަރިވަރުންނަށް ބޭއްވޭ އެތުލެޓިކްސްފަދަ ހަރަކާތްތައްވެސް އިންތިޒާމުކުރެވޭނީ އެ ޓްރެކްގައިކަމަށް އިމްތިޔާޒް ވިދާޅުވިއެވެ. އަދި މި ޓްރެކް ފަރުމާކޮށްފަވަނީ ހުރިހާ ވަގުތަކުވެސް ބޭނުންކުރެވޭނެފަދަ ގޮތަކަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

“މިދަނޑު ނިމުމުން ފުޓުބޯޅައިގެ ފޯރި އަލުން އާލާވާނެ. ރަށު ފެންވަރުގަޔާ، އަތޮޅު ފެންވަރުގެ ގިނަ މުބާރާތްތަކެއް މި ދަނޑުން ފެންނާނެކަމަށް ގަބޫލުކުރެވޭ. މިއީ ފުޓުބޯޅައިގެ ފޯރި ގަދަ ރަށެއް” އިމްތިޔާޒު ވިދާޅުވެފަވެއެވެ.

1800 އަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ގދ. ފަރެސްމާތޮޑާގެ ފުޓުބޯޅަ ދަނޑާއެކު ކުޅިވަރުގެ ދާއިރާއިން ރަށަށް ގިނަގުނަ ކުރިއެރުންތަކެއް އަންނާނެކަމަށް ގަބޫލުކުރެވޭއިރު، ކުޅިވަރު ހުއްޓިފައިވާ މިފަދަ މަޝްރޫޢުތައް ނިންމުމަށް ސަރުކާރުން ގެންދަވަނީ ހަލުވިދުވެލީގައި މަސައްކަތްކުރައްވަމުންނެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

WhatsApp Image 2026 09 15 at 21.47.12

އިންނަމާދޫ ސްކޫލް މަލްޓިޕާޕަސް ހޯލުގެ މަސައްކަތް ބާރަށް ކުރިއަށް

WhatsApp Image 2026 09 15 at 16.12.55

މިލަންދޫ އިސްލާމީ މަރުކަޒު އިމާރާތްކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް

WhatsApp Image 2026 09 14 at 14.11.44

ގުރައިދޫ އެއާޕޯޓުގެ ބިން ހިއްކުމާއި ގިރާ ސަރަޙައްދު ހިމާޔަތް ކުރުމުގެ މަސައްކަތުގެ 82 އިންސައްތަ ނިމިއްޖެ

WhatsApp Image 2026 09 14 at 15.41.49

ބާރަށާއި ތުރާކުނު ފުޓްބޯޅަ ދަނޑުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި