ތައިލެންޑަށް ދަތުރުކުރާ ބޭރުގެ ގައުމުތަކުގެ ރައްޔިތުން ޑިޖިޓަލް އެރައިވަލް ކާޑު ފުރިހަމަކުރަންޖެހޭ ގޮތަށް އިމިގްރޭޝަން އުސޫލުތަކަށް އެ ގައުމުން ގެނައި ބަދަލަށް އަމަލުކުރަން ފަށައިފިއެވެ.

ތައިލެންޑުގައި ހުންނަ ދިވެހި އެމްބަސީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ތައިލެންޑްގެ އިމިގްރޭޝަން ގާނޫނަށް ގެނައި ބަދަލުގެ ދަށުން މިއަދުން ފެށިގެން އެ ގައުމަށް އެތެރެވާ، ދިވެހިން ވެސް ޑިޖިޓަލް ކާޑު ފުރިހަމަކުރަންޖެހޭނެ ކަމަށެވެ.

އެ ފޯމު ފުރިހަމަކުރަން ޖެހެނީ ތައިލެންޑަށް ދަތުރުކުރުމުގެ ތިން ދުވަސްކުރިން ކަމަށާއި ތައިލެންޑުގެ އިމިގްރޭޝަން ވެބްސައިޓުން އެ ފޯމު ލިބެން ހުންނާނެ ކަމަށް އެމްބަސީން ބުންޏެވެ.

އިޝްތިހާރު އިޝްތިހާރު

ފޮރިން މިނިސްޓްރީން ބުނީ އެ ބަދަލު ގެނައި ނަމަވެސް، ކުރިއެކޭ އެއްގޮތަށް ދިވެހީންނަށް 90 ދުވަހުގެ އެންޓްރީ ވިސާގައި ތައިލެންޑަށް ދަތުރުކުރެވޭނެ ކަމަށެވެ.