ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޕޮލިސް ކޮމިޝަނަރުގެ މަސްއޫލިއްޔަތުތައް ވަގުތީގޮތުން ނަވީންއާ ހަވާލުކުރައްވައިފި

26baa33d fc31 40a9 ac35 3bcf0fbbac34
ފުލުހުންގެ ޑެޕިއުޓީ ކަމިޝަނަރު އިސްމާއިލް ނަވީން — ފޮޓޯ: ޕޮލިސް
STO_Ads
TTH_Ads
Advertisement

ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު މަގާމުން އިސްތިއުފާދެއްވުމުން، ވަގުތީގޮތުން އެ މަގާމުގެ މަސްއޫލިއްޔަތުތައް ޑެޕިއުޓީ ކަމިޝަނަރު އިސްމާއިލް ނަވީންއާ ހަވާލުކުރައްވައިފިއެވެ.

ކޮމިޝަނަރު ޝުޖާއު މަގާމުން މިއަދު އިސްތިއުފާދެއްވާފައި މިވަނީ، މިމަހުގެ 18 ވަނަ ދުވަހުގެ ހެނދުނު ގެއެއްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވައި ފެނުނު، ހައްވާ ޔުމްނުގެ ހާދިސާއާ ގުޅިގެން ފާޑުކިޔުންތަކެއް އަމާޒުވެފައިވަނިކޮށެވެ.

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން، މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފުލުހުންގެ މުއައްސަސާއިން މިވަގުތު އެންމެ އިސްކަންދީގެން ކުރިއަށްގެންދާ މަސައްކަތަކީ މިހާރު ހިނގަމުންދާ ތަހުގީގުގެ މަސައްކަތްކަމަށްވެފައި، މި ތަހުގީގުގެ ކަންކަމާ އެންމެ އިސްކޮށް ހަވާލުވެ ހުންނެވީ ޑެޕިއުޓީ ކަމިޝަނަރު އިސްމާއިލް ނަވީންކަމަށްވާތީ، ކަމިޝަނާ އޮފް ޕޮލިސް ކަމަށް ބޭފުޅަކު އައްޔަންކުރެވެންދެން އެ މަސްއޫލިއްޔަތު ވަގުތީގޮތުން އަދާކުރައްވަން ނަވީން ކަނޑައަޅުއްވާ ކަމަށެވެ.

MMA_Ads
HajjCop_ads
Advertisement

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު މަަގާމުގެ އިސްތިއުފާ ހުށަހެޅުއްވުމާ ގުޅިގެން ރައީސް އިސްތިއުފާ ގަބޫލުފުޅުކުރައްވާފައިވާ ކަމަށެވެ.

ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން ފުލުހުން އެކަށީގެންވާ، ހާމަކަން ބޮޑު ތަހުގީގެއް ނުހިންގާ ކަމަށް ބުނެ ޒުވާނުން މާލޭގައި ސިލްސިލާ މުޒާހަރާތަކެއް ކުރަމުންގެންދެއެވެ.

ނުވަވަނަ ފަންގިފިލާއިން ވެއްޓި ޔުމްނުއަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ އިރު، ސަރުކާރުގެ އެހީތެރިކަމާއެކު އޭނާ މެލޭޝިއާއަށް ފޮނުވުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. މިގޮތުން އެންސްޕާގެ އެހީތެރިކަން ހަމަޖެހިފައިވާ އިރު، ހާއްސަ ފްލައިޓެއް ޗާޓަރުކުރުމުގެ މަސައްކަތްވެސް ކުރިއަށްދެއެވެ.

ރައީސް މުއިއްޒު، ޕޮލިސް ކޮމިޝަނަރުކަމުގެ މަގާމަށް ޝުޖާއު އައްޔަންކުރެއްވީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހުއެވެ.

ޝުޖާއު އެ މަގާމަށް އައްޔަންކުރެއްވި އިރު، ހުންނެވީ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައެވެ. ޝުޖާއު ވަނީ ޕޮލިސް އެކަޑަމީގެ އިސްވެރިއެއްގެ ގޮތުގައި މަސައްކަތްކުރައްވައި، ފުލުހުންގެ ހިދުމަތުގައި ދިގު މުއްދަތެއް ހޭދަކުރައްވައިފައެވެ.

ޝުޖާއު ވަނީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން މާސްޓާ އޮފް މެނޭޖްމަންޓް ހާސިލުކުރައްވައިފައެވެ. އަދި ޝުޖާއު އަކީ އެމެރިކާގެ ޔުނިވާސިޓީ އޮފް ވާޖީނިއާއާ ގުޅިފައިވާ އެފްބީއައި ނޭޝަނަލް އެކަޑަމީ ސެޝަން 277ގެ އެފްބީއައި ގްރެޖުއޭޓެއް ވެސް މެއެވެ.

MPL_Ads
MWSC_ads
Advertisement
MPL_Ads
STO_Ads
MMA_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

minister ihusan

ޝަމްއާން ކުރަނީ އެއްވެސް އަސާސެއް ނެތް ދޮގު ތުހުމަތުތަކެއް: އިހުސާން

minister ihusan

ޝަހުޒާނު ފަތުރަމުންދާ ވާހަކަތަކަކީ ހަގީގަތެއް ނޫން: އިހުސާން

Ihsaan

ދޮގު އިލްޒާމު އަޅުވައި ޚަބަރު ފެތުރި މައްސަލައިގެ ޖިނާއީ ތަހުގީގެއް ހިންގުމުގެ ހައްގު ފުލުހުންނަށް އޮންނާނެ: އިހުސާން

minister ihusan

ބުލީކުރުން ޖިނާއީ ކުށަކަށް ހަދައި ހަރުކަށި ފިޔަވަޅު އަޅަން މަޝްވަރާކުރަން ފަށައިފި