ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޒުވާނާ ވެއްޓުނު މައްސަލާގައި ޒިންމާ ނަގަންޖެހޭނީ ބިރަކާ ނުލައި މަޖާކުރަން ޕްރޮމޯޓްކުރި ފަރާތްތައް: ރައީސް

92w
TTH_Ads
STO_Ads
Advertisement

މިދިޔަ ހުކުރު ދުވަހު ހެންވޭރު ގެއެއްގެ ފުރާޅު މައްޗަށް އަންހެން ކުއްޖަކު ވެއްޓުނު ހާދިސާ އަކީ ހިތާމަވެރި ހާދިސާއެއް ކަމަށާއި އެކަމުގެ އެންމެ ބޮޑު ޒިންމާއެއް ނަގަން ޖެހޭނީ ބިރަކާ ނުލައި މަޖާކުރުން ޕްރޮމޯޓް ކުރި ފަރާތްތައް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ފުލުހުންގެ 92 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި މިރޭ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މިހާރު މި ހިނގައިގެން އުޅޭ ހިތާމަވެރި ހާދިސާއަށް ވިސްނާލާއިރު ވެސް މިކަމުގެ އެންމެ ބޮޑު ޒިންމާއެއް ނަގަންޖެހޭނީ ބިރަކާ ނުލައި މަޖާކުރުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއްގެ ގޮތުގައި މީގެ އަހަރުތަކެއް ކުރިން ޕްރޮމޯޓް ކުރި މީހުން ކަމަށެވެ.

“އަޅުގަނޑުމެންގެ މާތްވެގެންދާ އިސްލާމްދީނުގައި ކަނޑައެޅިފައި ހުރި އިންތަކާއި މިންތަކާއި އުސޫލުތަކާއި ހަމަތަކަކީ އެއީ މާ މުހިއްމު ކަމެއް ނޫނޭ. މަޖާ ކުރާށޭ، ޒުވާން ކަމުގައި ތިކުދިން އުޅޭށޭ ކިޔާފައި އެ ހިތްވަރު ދިން މީހުން މިއަދު ސިޔާސީ ބޭނުމެއްގައި ނިކުމެ އެ ކުދިން މިސް ޔޫސް ކުރަމުންދާ ދިޔުން ލޯ ހުޅުވާ ބަލަންޖެހޭ،” ރައީސް ވިދާޅުވިއެވެ.

HajjCop_ads
Advertisement

ޒުވާން ކުދިން ނޭއްގާނީ ކަންތައްތަކުގެ ތެރެއަށް ދިޔައީ ސިޔާސީ އޮއިވަރެއްގައި ޖައްސައިގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި ގައުމުގައި އޮތް މާތްވެގެންދާ އިސްލާމްދީނުގެ ހަމަތަކާއި އުސޫލުތަކާއި ދިވެހިންގެ ތެރޭގައި އޮތް ރީތި އާދަތަކުން ބޭރަށް ގައުމު ނެރެ، އެހެން މަގަކުން ގެންދަން ކުރި މަސައްކަތުގެ ނަތީޖާއެއްގެ ސަބަބުން އޭގެ ވިކްޓިމައިޒް ވެފައި ތިބި ޒުވާނުންތަކެއްގެ ބޭނުންކޮށްގެން ސިޔާސީ ފައިދާ ނަގަން އުޅޭ އުޅުމުގެ ތެރެއަށް ރައްޔިތުން ވަނުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

“އެއަށް ވުރެ އަޅުގަނޑުމެންގެ ލޯ ހުޅުވެން ޖެހޭނެ. އަޅުގަނޑުމެން ވާންޖެހޭނެ ތެދާއި ދޮގު ވަކިކުރަން އެނގޭ ބަޔަކަށް. އަޅުގަނޑުމެން ވެގެން ނުވާނެ ޖޯޝުގައި ޖެހިގެން، އިމޯޝަނަލް ވެގެން ބަޔަކު ދައްކާހާ ވާހަކައެއްގެ ތެރެއަށް ސިކުނޑި ދޫކޮށްލާ ބަޔަކަށް. އަމިއްލަ ސިކުނޑިން ވިސްނަންޖެހޭނެ،” ރައީސް ވިދާޅުވިއެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
MPL_Ads
HajjCop_ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

MPL

ތިލަފުއްޓަށް ޕޯޓް ބަދަލުކުރާއިރު ބައެއް ހިދުމަތްތައް މާލޭގެ އިންޑަސްޓްރިއަލް ވިލެޖުން ލިބޭނެ: ރައީސް

Qw

މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

Qw

ކޮރަޕްޝަނުން ގެއްލިފައިވާ ދައުލަތުގެ މުދަލާއި ފައިސާ ހޯދޭނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި

466845 e668f9cd 6

 މިހާރު ރާއްޖޭގެ ޚާރިޖީ ސިޔާސަތަކީ “މޯލްޑިވްސް ފަސްޓް”، އެމްޑީޕީން ގެންގުޅުނީ ޕްރޯ-އިސްރާއީލު ސިޔާސަތެއް: ރައީސް