ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހަމާސްއަށް “ކުއްތާއަށް” ގޮވައިފި: ފަލަސްތީނު ގިނަމީހުން ބުނަނީ އައްބާސްއަކީ އިސްރާއީލުގެ އޭޖެންޓެއް ކަމަށް

ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް
ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް
TTH_Ads
STO_Ads
Maldivian_Ads
Advertisement

ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް، ޣައްޒާގައި ވެރިކަންކުރާ ހަމާސްއަށް ނިސްބަތް ކުރައްވައި ވަރަށް ހުތުރު އެއްޗެހި ގޮވައިފިއެވެ. ހަމާސްއަށް ނިސްބަތް ކުރައްވައި މަހްމޫދު އައްބާސް މި މޭރުމުން ވާހަކަ ދެއްކެވީ، ޕަލެސްތައިން ލިބަރޭޝަން އޮގަނައިޒޭޝަންގެ ސެންޓްރަލް ކައުންސިލް ބައްދަލުވުމުގައެވެ.

ފަލަސްތީނުގެ ރައީސް ހަމާސްއަށް މުޚާތަބު ކުރެއްވީ “ކުއްތާތަކުގެ ދަރީން” ގެ ގޮތުގައެވެ. ޓީވީން ވަގުތުން ދުރަށް ދައްކަމުން ގެންދިޔަ ކައުންސިލް ބައްދަލުވުމުގައި ވަރަށް ކޯފާ އިސްކުރައްވައި އައްބާސްވަނީ، ހަމާސްގެ އަތްދަށުގައި ތިބި އިސްރާއީލުގެ ހުރިހާ ރަހީނުން ވަގުތުން މިނިވަން ކުރުމަށާއި، ހަމާސްގެ އަތުގައި ހުރި ހަތިޔާރު ހަވާލުކޮށް ޣައްޒާގެ ވެރިކަން ފަލަސްތީނު ސަރުކާރާ ހަވާލުކުރުމަށް ގޮވާލައްވާފައެވެ.

އައްބާސް ވިދާޅުވީ، އިސްރާއީލުން ޣައްޒާއަށް ހުއްޓާނުލާ ހަމަލާތައް ދިނުމަށް މަގުފަހި ކުރަމުން ގެންދަނީ ހަމާސްއިން ކަމަށެވެ. އެކަމަކު، ޣައްޒާއާ ދެކޮޅަށް ހަނގުރާމަ ފެށި ދުވަހުން ފެށިގެން އިސްތިއުމާރީ އިސްރާއީލުން ގެންދަނީ މަހްމޫދު އައްބާސްގެ ޕާޓީން ވެރިކަންކުރަމުން އަންނަ، ހިފާފައިވާ މުޅި ހުޅަނގު އައްސޭރީގެ އެތަށް ސިޓީއެއްގައި ގެތަކާއި އިމާރާތްތައް ސުންނާފަތިކޮށް ކޮންމެ ދުވަހަކު އެތައްބަޔަކު ޝަހީދު ކުރަމުންނެވެ.

HajjCop_ads
Advertisement

ހުޅަނގު އައްސޭރީގެ ރެފިއުޖީ ކޭމްޕްތައް ރެއިޑްކޮށް އެތައް ލައްކަ މީހުން ގެދޮރުން ނެރެ މަގުމަތިކޮށް، ރަށުންވެސް ފައްސައި ބޭރުކޮށްލާފައިވާއިރު، ރެފިއުޖީ ކޭމްޕްތައް ރެއިޑްކުރުމުގައި އިސްތިއުމާރީ ސިފައިންނާއެކު ފަލަސްތީނު ސަރުކާރުގެ ސަލާމަތީ ބާރުތަކުގެ ޓީމުތައްވެސް ހަރަކާތްތެރި ވަމުން ދެއެވެ.

ޣައްޒާގައި ހިންގަމުންގެންދާ ނަސްލުނައްތާލުމުގެ ޖަރީމާތަކާ ދެކޮޅަށް އަޑުއުފުލާ ފަލަސްތީނު ހުރިހާ ރައްޔިތުންނަށް އަނިޔާކޮށް، ހައްޔަރުކޮށް އަޑުތައް ކަނޑުވަން މަހްމޫދު އައްބާސްގެ ސަރުކާރުން ކެނޑިނޭޅި ގެންދަނީ މަސައްކަތް ކުރަމުންނެވެ. ޣައްޒާއަށް ދޭ ހަމަލާތަކާ ދެކޮޅަށް އަޑުއުފުލަން އާންމުން ނުކުންނަ ކޮންމެ ފަހަރަކު ފުލުހުން ނެރެ ތަޅައި ރޯނާގަންނަވާލައެވެ.

އައްބާސްގެ ސަރުކާރާ ދެކޮޅު ޝުއޫރުތައް ފާޅުކުރާ މީހުން ވަގަށް ނަގައި ނިޒާމުން ގެއްލުވާލުމާއި، ހައްޔަރުކޮށް ޖަލަށްލައި ބޮޑެތި އަނިޔާތައް ކުރުމަކީ މިހާރުވެސް ހިނގަމުން އަންނަ ކަންކަމެވެ. ފަލަސްތީނުގެ އެންމެންވެސް ބުނަނީ، މަހްމޫދު އައްބާސްއަކީ އިސްރާއީލުގެ އޭޖެންޓެއް ކަމަށެވެ. އޭނާ އާންމުކޮށް ސްޕީޗެއް ދެއްވާ ކޮންމެ ފަހަރަކު އެކަން ހާމަވާ ކަމަށް ބުނެއެވެ.

ފަލަސްތީނުގެ ރައީސްގެގޮތުގައި ހުންނެވި ނަމަވެސް، މަހްމޫދު އައްބާސްއަކީ ފަލަސްތީނު ރައްޔިތުން އިންތިޚާބުކޮށްފައި ހުންނެވި ރައީސެއް ނޫނެވެ. އޭނާގެ މަގާމުގެ މުއްދަތު ހަމަވިތާ އެތައް އަހަރެއް ވެއްޖެއެވެ. މަހްމޫދު އައްބާސް ހަމާސް ދެކެ އެހާ ރުޅި އަންނަނީ، ހުޅަނގު އައްސޭރިއާއި، ޣައްޒާގެ ރައްޔިތުންގެ ބޮޑު ނިސްބަތެއް އަދިވެސް ހަމާސްއަށް ތާއީދުކުރުންމަތީ ދެމިތިބޭތީއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހުޅަނގު އައްސޭރީގެ އެކި ސަރަޙައްދުތަކަށް ޔަހޫދީ ސިފައިން ވަދެ 20 މީހަކު ހައްޔަރުކޮށްފި

ޣައްޒާ ނަސްލުނައްތާލުމުގައި ޖަރުމަނު ބައިވެރިވާ މައްސަލައިގެ އަޑުއެހުންތައް އައިސީޖޭގައި ފަށައިފި

އެއްފަހަރާ އެތައް ދިމާއަކުން އިސްރާއީލަށް ހަމަލާދޭން އީރާނު ތައްޔާރުވަމުންދާ ކަމަށް ތުހުމަތުކޮށްފި

ލުބުނާނުގެ ދެކުނުގެ ހޮސްޕިޓަލަކަށް ބޮންއެޅި މައްސަލަ ލުބުނާނުގެ ރައީސް ވަރަށް ބޮޑަށް ކުށްވެރިކުރައްވައިފި