ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ 704 ފްލެޓުގެ މަރާމާތުގެ މަސައްކަތާ އެފްޑީސީން ކުރިއަށް ގެންދަނީ

Maldivian_Ads
TTH_Ads
STO_Ads
Advertisement

“ގެދޮރުވެރިކުރުން” މަޝްރޫޢުގެ ދަށުން ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ 704 ފްލެޓުގެ އިމާރާތުގެ މަރާމާތުގެ މަސައްކަތް ހަވާލުވުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ނިންމައިފިއެވެ. މި ގޮތުން، އެފްޑީސީން ވަނީ މި ފްލެޓު އިމާރާތްތަކުގެ ޙާލަތު ދެނެގަތުމުގެ މަސައްކަތް ފަށައިގަނެފައެވެ.

އެފްޑީސީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި މަހުގެ 21 ވަނަ ދުވަހުން 24 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި އިންސްޕެކްޝަންގެ މައިގަނޑު މަޤްޞަދަކީ އެފްޑީސީން މި އިމާރާތްތަކާ ޙަވާލުވުމުގެ ކުރިން ތަނުގެ ޙާލަތު ދެނެގަތުމެވެ. މި މަސައްކަތުގެ ތެރޭގައި، އިމާރާތުގެ ސްޓްރަކްޗަރއާއި، އާންމުން ބޭނުންކުރާ ސަރަޙައްދުތަކާއި އަދި މަރާމާތުކުރަންޖެހޭ ތަންތަން ފްލެޓްތަކަށް ވަކިވަކިން ގޮސް ސަރވޭކޮށް ދެނެގަތުން ހިމެނެއެވެ.

އެފްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ހަމްދާން ޝަކީލް ވިދާޅުވެފައިވަނީ، މި އިންސްޕެކްޝަންގެ ސަބަބުން ފްލެޓްތަކުގައި މަރާމާތު ކުރަންޖެހޭ ސަރަޙައްދުތައް ފާހަގަކުރެވި، މިހާރުގެ ޙާލަތަށްވުރެ ފްލެޓްތަކުގެ ފެންވަރު އިތުރަށް ރަނގަޅުކުރެވޭނެ ކަމަށެވެ. އަދި މި ސްޓްރަކްޗަރަލް އެސެސްމެންޓުގެ މަސައްކަތްތައް ނިމެމުންދާ މިންވަރަކުން އާންމުންނަށް މަޢު މަޢުލޫމާތު ފޯރުކޮށްދެމުން ދާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

HajjCop_ads
Advertisement

ޗައިނާ އެގްޒިމް ބޭންކުގެ ލޯނުގެ އެހީގައި ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ މި 704 ފްލެޓުގެ މަސައްކަތް ކޮށްފައިވަނީ ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ކޯޕަރޭޝަނުންނެވެ. މި ފްލެޓުތަކުގެ މަސައްކަތް ނިންމާ މީހުން ދިރިއުޅެން ފަށާފައިވަނީ 2018 ވަނަ އަހަރުގެ ކުރީކޮޅުގައެވެ. މިއީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ސޯޝަލް ހައުސިންގއަށް ޚާއްޞަކޮށްގެން އެންމެފަހުން ދޫކޮށްފައިވާ ފްލެޓްތަކެވެ.

އެފްޑީސީން މިހާރު ދަނީ ބޯހިޔާވަހިކަމުގެ ބިޔަ ބޮޑެތި މަޝްރޫޢުތަކެއް ހިންގަމުންނެވެ. އެ ގޮތުން އެ ކުންފުނީގެ މިހާރުގެ އެންމެ ބޮޑު އަމާޒަކީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރާ 4000 ފްލެޓުގެ މަސައްކަތް ނިންމުމެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހުޅުމާލޭގައި ހިނގާ އެކްސިޑެންޓްތައް މަދުކުރުމަށް ހޭލުންތެރިކުރުވުމަށް ސައިލެންޓް ހަރަކާތެއް ހިންގައިފި

hulhumale

ހުޅުމާލޭ ރުއްގަނޑު ދޭއް ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ

Hulhumale

ނަފްސާނީ ފަރުވާއަށް ޚާއްޞަ ހޮސްޕިޓަލެއް ހުޅުމާލޭގައި އަޅައިދޭނެ ބަޔަކު ހޯދަނީ

އެކްސިޑެންޓްތައް މަދުކުރަން ހުޅުމާލޭގައި ހޭލުންތެރިކަމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފި