ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކޯޓް އަމުރެއް ދިނަސް ކޮންމެ ފަހަރަކު އަންނައުނު ބާލުވައިގެން ފޮޓޯ ނުނަގާނެ: ފުލުހުން

65
STO_Ads
Maldivian_Ads
TTH_Ads
Advertisement

ހަށިގަނޑުން ބޭރުގެ ސާމްޕަލް ނެގުމުގައި ޖިންސީ ގުނަވަން ފިޔަވައި ހަށިގަނޑުގެ ހުރިހާ ގުނަވަނެއްގެ ފޮޓޯ ނެގުމަށް ކޯޓުން އަމުރު ނެރޭ ކޮންމެ ފަހަރަކު އަންނައުނު ބާލުވައިގެން މުއްތަހަމުގެ ހަށިގަނޑުގެ ފޮޓޯ ނެގުމަކީ ފުލުހުން ކުރާ ކަމެއް ނޫންކަމަށް ފުލުހުން ބުނެފިއެވެ.

އިދިކޮޅު އެމްޑީޕީން ސަރުކާރާ ދެކޮޅަށް މާލޭގައި ސިލްސިލާކޮށް ކުރަމުންދާ މުޒާހަރާއެއްގައި ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުންނަށް އަމާޒުކޮށް މަރިޔަމް ޒުބައިރު ދެއްކި ވާހަކައަކާ ގުޅުވައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ފަރާތްފުޅުން ވަނީ، މަރިޔަމަށާއި، އެމްޑީޕީގެ އިތުރުން އެ ޕާޓީގެ ޗެއާޕާސަންގެ މައްޗަށް މަދަނީ ދައުވާތަކެއް އުފުލުމަށް ހުށަހަޅާފަ އެވެ. މި ދަނޑިވަޅުގައި ފުލުހުން ދަނީ މަރިޔަމް ޒުބައިރާ ދެކޮޅަށް ޖިނާއީ ތަހުގީގެއް ވެސް ހިންގަމުންނެވެ.

ފުލުހުން ހިންގަމުންދާ މި ތަހުގީގާއި ގުޅޭ ކޯޓު އަމުރެއް އާއްމުވެފައިވާއިރު، ގިނަ ބަޔަކު ދަނީ މަރިޔަމް ޒުބައިރުގެ  ޖިންސީ ގުނަވަން ފިޔަވައި ހަށިގަނޑުގެ އެހެން ތަންތަނުގެ ފޮޓޯ ނެގޭނެ ކަމަށް ބުނެފައިވާތީ ފާޑުކިޔަމުންނެވެ.

HajjCop_ads
Advertisement

މި މައްސަލައާ ގުޅިގެން ފުލުހުން މިއަދު ނެރުނު ބަޔާނުގައި ވަނީ އެ ޚިދުމަތުން ކުރާ ތަހުގީގަކީ ޗިލްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން ހުށަހެޅުއްވި  މައްސަލައަކާ ގުޅިގެން ހިންގަމުންދާ ތަހުގީގެއްކަން ސާފުކޮށްދީފަ އެވެ. އެގޮތުން، ފުލުހުން ބުނިގޮތުގައި ޖިނާއީ ތަހުގީގަކަށް މީހެއްގެ ފޯޓީ ނަގަން ބޭނުންވާ ނަމަ، ނުވަތަ މީހެއްގެ އަޑުގެ ސާމްޕަލް އެއް ބޭނުންވާނަމަ، އެކަން ކުރެވޭނީ އޭނާގެ ރުހުމުގައިި ކަމަށާއި ރުހުން ނުދޭނަމަ، އެކަން ކޯޓު އަމުރެއްގެ ދަށުން ކުރެވޭނެ ކަމަށެވެ.

ހަށިގަނޑުގެ ބޭރުގެ ފޮޓޯއާއި އަޑުގެ ސާމްޕަލް ނެގުމަށް ކޯޓު އަމުރު ނެރޭ ހާލަތުގައި ޖިންސީ ގުނަވަން ފިޔަވައި ހަށިގަނޑުގެ އެހެން ތަންތަނުގެ ފޮޓޯ ނެގޭނެ ކަމަށް އަމުރުގައި ބަޔާންކުރަނީ ފުލުހުން ބުނިގޮތުގައި ޖިންސީ ގުނަވަނުގެ ފޮޓޯ ނުނެގޭނެކަން ސާފުކޮށްދިނުމަށެވެ. އަދި އާއްމުކޮށް ފޮޓޯ ނަގަނީ، ހެކީގެ ގޮތުގައި ފުޓޭޖަކުން ނުވަތަ ވީޑިއޯއަކުން ފެންނަ މީހަކީ ވަކި މީހެއްތޯ ބަލަން އަޅާކިޔުމަށްް ނުވަތަ އަޑަކީ ވަކި އަޑެއްކަން ދެނެގަތުމަށް ކަމަށް ވެސް ބުނެފައިވެއެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މ މޫސާ
ކީކޭ ބުނާނީ ދައްކާ ވާހަކަ!
އ އަލީ ޒާހިރު
އެގޮތަށް ފޮޓޯ ނުނެގިއްޔާ ރަގަޅީ

ގުޅުންހުރި

Igmh

މާރާމާރީއެއްގައި އަނިޔާވި މީހަކަށް ފަރުވާދެނީ

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކު ހޯދަން ފުލުހުން އިއުލާނުކޮށްފި

ހުޅުމާލެ ޓްރެފިކް ފުލުހުން “ސައިލެންޓް ޑްރިލް” އެއް ބާއްވައިފި

އެކްސިޑެންޓްވުމުން މަޑުނުކޮށް ދިޔަ މީހާ ހައްޔަރުކޮށްފި