ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޖީއެސްޓީ ނުދައްކާ 146 ފަރާތެއްގެ ނަން މީރާއިން އާއްމުކޮށްފި

STO_Ads
TTH_Ads
Advertisement

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހާ ހަމައަށް މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ) ނުދައްކާ 146 ފަރާތެއްގެ މަޢުލޫމާތު ޢާންމުކޮށްފިއެވެ.

މީރާއިން މި މަޢުލޫމާތު ހާމަކޮށްފައިވަނީ ޓެކްސް ދެއްކުމަށް ކަނޑައެޅިފައިވާ މުއްދަތުގައި ޓެކްސް ނުދައްކާ ފަރާތްތަކުގެ ތެރެއިން، ދައްކަންޖެހޭ ޓެކުހުގެ އަދަދު 600,000 ރުފިޔާއަށް ވުރެ މަތީ ފަރާތްތަކުގެ ނަންތަކެވެ. މި ފަރާތްތަކުން ޖުމްލަ 87.6 މިލިއަން ރުފިޔާއަށްވުރެ ގިނަ އަދަދެއް ދައްކަންޖެހޭ ކަމަށް މީރާއިން ލަފާކުރެއެވެ.

މި ލިސްޓުގައި ހިމެނެނީ ރާއްޖޭގައި ހޯލްސޭލް ވިޔަފާރިކުރާ ކުންފުނިތަކާއި، މަޝްހޫރު އުޅަނދު ވިއްކާ ވިޔަފާރިތައް ފަދަ ތަންތަން ހިމެނޭ ގޮތަށެވެ. މީރާއިން މި މަޢުލޫމާތު ހާމަކޮށްފައިވަނީ އެ ފަރާތްތަކަށް ތަކުރާރުކޮށް ހަނދާންކޮށްދީ، އެކި ބާވަތުގެ ނޯޓިސްތައް ފޮނުވައި، އިތުރު މުއްދަތުތަކާއި ފުރުސަތުތައް ދިނުމަށްފަހުގައެވެ.

HajjCop_ads
Advertisement

މީރާއިން ވަނީ ޓެކްސް ދެއްކުމަށް އެކި ބާވަތުގެ ލުއިފަސޭހަތައް ތަޢާރަފުކޮށްފައެވެ. މީގެ ތެރޭގައި އެއްފަހަރާ ފައިސާ ދެއްކެން ނެތް ފަރާތްތަކަށް އިންސްޓޯލްމަންޓް އުސޫލުން ބަހާލައިގެން ފައިސާ ދެއްކުމުގެ ފުރުސަތު ހިމެނެއެވެ. މިފަދަ އެއްބަސްވުންތަކަށް ޢަމަލުކުރާ ފަރާތްތަކާ މެދު އިތުރު ތަންފީޛީ ފިޔަވަޅު ނޭޅޭނެ ކަމުގެ ޔަޤީންކަން މީރާއިން ދެއެވެ.

މީރާއިން ވަނީ ޓެކްސް ދެއްކުމުގައި ލުއިތައް ދިނުމަކީ ޓެކްސް ދައްކާ މިންވަރު އިތުރުވާނެ ކަމެއްކަން ފާހަގަކޮށް، ދުރާލާ ޓެކްސް ބަޔާންތައް ހުށަހެޅުމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފައެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mira

ޖުލައި މަހުގެ އާމްދަނީގެ ގޮތުގައި މީރާއަށް 3.4 ބިލިއަން ރުފިޔާ

mira

ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލައިފި

mudalu zakaai

އަހަރުގެ މިހާތަނަށް މުދަލު ޒަކާތުގެ ގޮތުގައި 45.3 މިލިއަން ރުފިޔާ

mira

ދައުލަތަށް ނުލިބިހުރި 666 މިލިއަން ރުފިޔާ ދައުލަތަށް ހޯދައިފި