ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވެލިދޫގައި ޑައިލިސިސްގެ ޚިދުމަތް ފަށައިފި

4504999940
TTH_Ads
STO_Ads
Advertisement

ނ. ވެލިދޫގައި ޑައިލިސިސްގެ ޚިދުމަތް ފަށައިފިއެވެ.

ވެލިދޫގައި މި ހިދުމަތް ފެށުމާއެކު މާލެ ފިޔަވައި ރާއްޖޭގެ 15 ރަށަކުން މިހާރު މި ޚިދުމަތް ލިބޭނެއެވެ. މިއީ ނ. އަތޮޅުގައި ޑައިލިސިސްގެ ޚިދުމަތް ފެށި ދެވަނަ ރަށެވެ.

ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ވެލިދޫ ކައުންސިލް މެމްބަރު އަބްދުﷲ އަބްދުއްރައްޒާގު ވިދާޅުވީ އެރަށުގައި ފެށިގެން މިދިޔަ ޑައިލިސިސްގެ ޚިދުމަތާއެކު ފައިދާ ކުރާނީ ހަމައެކަނި ވެލިދޫގެ ރައްޔިތުންނަށް ނޫންކަމަށެވެ. އަތޮޅުގެ އެހެން ރަށްރަށުގެ ރައްޔިތުންނަށްވެސް މިކަމުން ފައިދާ ކުރާނެކަމަށެވެ.

HajjCop_ads
Advertisement

އޭނާ ވިދާޅުވީ ޑައިލިސިސްގެ ޚިދުމަތް ފެށިގެން ދިޔުމަކީ ރައްޔިތުންނަށް ލިބިގެން ދިޔަ ވަރަށް ބޮޑު ލުއިފަސޭހަކަމެއްކަމަށެވެ.

“ޑައިލިސިސްގެ ޚިދުމަތާއެކު ވަރަށް ބޮޑު ލުއިފަސޭތަކެއް ލިބިގެންދާނެ. އަތޮޅު ތެރޭގެ ގިނަ ބަޔަކަށް މީ ވަރަށް ބޮޑު ފަސޭހައެއް” އަބްދުއްރައްޒާޤު ވިދާޅުވިއެވެ.

ޑައިލިސިސްގެ ޚިދުމަތާއެކު އެތެރެހަށީގެ ޚާއްސަ ޑޮކްޓަރެއް ވެސް އެރަށަށް ވަނީ ހަމަޖައްސާފައެވެ.

ވެލިދޫގައި ގާއިމްކޮށްފައިވާ ޑައިލަސިސް ސެންޓަރުން އެއްފަހަރާ 3 މީހުންނަށް ފަރުވާ ދެވޭނެއެވެ. ވެލިދޫ ޞިއްޙީ މަރުކަޒުގައި މި ޚިދުމަތް ފަށުމުގެ ގޮތުން 2 މީހަކަށް ޑައިލިސިސް ފަރުވާ ވަނީ ދީފައެވެ. ސަރުކާރުގެ އަމާޒަކީ މި ދައުރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޑައިލިސިސްގެ ޚިދުމަތް ފެށުމެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
STO_Ads
MPL_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

HNp9PY8bgAAYpeo

ވެލިދޫގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކްގެ މަސައްކަތް ނިމިއްޖެ

ވެލިދޫ ބިން ހިއްކުމުގެ މަސައްކަތުގެ %90 މަސައްކަތް ނިމިއްޖެ

ވެލިދޫގައި ސީ އެމްބިއުލާންސްގެ ޚިދުމަތް ފަށައިފި

87

ލޯކަލް ޓޫރިޒަމް ކުރިއަރުވަން ސީޕްލޭންގެ ޚިދުމަތް މުހިންމު: އަމީން