ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހަތަރު ގައުމެއްގައި އައިޑީކާޑް ހެދޭނެ ގޮތް ހަމަޖައްސަނީ

29
STO_Ads
TTH_Ads

ދިވެހިން މައިގަނޑު ގޮތެއްގައި ދަތުރުކުރާ އަވަށްޓެރި އިންޑިޔާ އާއި ސްރީލަންކާ އަދި މެލޭޝިޔާއާ އާއި އިނގިރޭސިވިލާތުން އައިޑީ ކާޑް ހެދޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން ގެންދާކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ.

މިވަގުތު އައިޑީ ކާޑް ހެދުމުގެ ހިދުމަތް ރާއްޖެއިން ބޭރުން އެއްވެސް ގައުމަކުން ނުދޭއިރު، މިއީ ބޭހަށާއި ކިޔެވުމަށް ގިނަ އަދަދެއްގެ ދިވެހިން ބޭރު ގައުމުތަކުގައި ތިބޭއިރު ދިމާވާ ވަރަށް ބޮޑު ތަކްލީފެކެވެ.

ހޯމް މިނިސްޓްރީން ބުނިގޮތުގައި މެލޭޝިއާ އާއި ސްރީލަންކާ، އިންޑިއާ އާއި އިނގިރޭސިވިލާތުގައި މިޚިދުމަތް ފެށުމަށް ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) އިން ދަނީ ތައްޔާރީތައް ވަމުންނެވެ.

HajjCop_ads

މީގެ އިތުރުން ރާއްޖޭގެ ހުރިހާ ރަށަކުން އައިޑީ ކާޑުގެ ހިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށްވެސް ޑީއެންއާރުން ގެންދަނީ މަސައްކަތް ކުރަމުންނެވެ. މި ގޮތުން މި މަހުގެ ތެރޭގައި ށ. ފުނަދޫ، ށ. މިލަންދޫ، ނ. ވެލިދޫ އަދި މ. މުލީގައި ހިދުމަށް ފެށުމަށް ދަނީ ތައްޔާރު ވަމުންނެވެ.

MWSC_ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

bidaysee workers

ކުދި ވިޔަފާރިތަކަށް 20 ކޯޓާއާ ހަމައަށް ފީ ދައްކަން ނުޖެހޭ ގޮތަށް ހަދައިފި

police

ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ތިން ބޭފުޅަކު ކުރިމަތިލައްވައިފި

2

ސްޓޭޓް މިނިސްޓަރު ކަމުން މަޖީދު ވަކިކުރައްވައިފި

893

ޖަލުތަކުން ކުރާ ކޯލްތައް ރިޕޯޓްކުރާ ޕޯޓަލެއް ތައާރަފްކޮށްފި