ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މީދޫއާއި މަޑުއްވަރީއަށް ދެ ޖަނެރޭޓަރު ފޮނުވައިފި

STO_Ads
Maldivian_Ads
TTH_Ads
Advertisement
ފެނަކަ ކޯޕަރޭޝަނުން ރ. އަތޮޅުގެ މީދޫ އަދި މަޑުއްވަރީއަށް އިތުރު ޖަނަރޭޓަރު ސެޓުތަކެއް ފޯރުކޮށްދީފިއެވެ. މިއީ ރަށްރަށުގެ ކަރަންޓު ކެޕޭސިޓީ އިތުރުކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން ފޯރުކޮށްދެވުނު ޖަނަރޭޓަރު ސެޓުތަކެކެވެ.

މީދޫއަށް ފޯރުކޮށްދެވުނީ 1 މެގަވޮޓްގެ ޖަނަރޭޓަރު ސެޓެކެވެ. މިހާރު އެ ރަށުގައި ބޭނުންކުރަމުންދަނީ 800 ކިލޯވޮޓް، 500 ކިލޯވޮޓް އަދި 300 ކިލޯވޮޓްގެ ޖަނަރޭޓަރުތަރުތަކެކެވެ. ނަމަވެސް، މީގެ ތެރެއިން ކުޑަ ދެ ޖަނަރޭޓަރު އެކަށީގެންވާ ގޮތެއްގައި ބޭނުން ނުކުރެވޭކަމަށް ކައުންސިލުން ފާހަގަކުރައްވައެވެ. އާ ޖަނަރޭޓަރާއެކު، ރަށުގެ ކަރަންޓުގެ ޚިދުމަތް މެދުނުކެނޑި ފޯރުކޮށްދިނުން ޔަޤީންވާނެކަމަށް ކައުންސިލުން ވިދާޅުވެފައިވެއެވެ.

މަޑުއްވަރީއަށް ފޯރުކޮށްދެވުނީ 800 ކިލޯވޮޓްގެ ޖަނަރޭޓަރު ސެޓެކެވެ. މިހާރު އެ ރަށުގައި ބޭނުންކުރަމުންދާ 3 ޖަނަރޭޓަރުގެ ތެރެއިން 2 ޖަނަރޭޓަރު ދުވަސްވެ ބާވެފައިވާތީ، އާ ޖަނަރޭޓަރާއެކު ރަށުގެ ކަރަންޓުގެ ދެމެހެއްޓެނިވިކަން ޔަޤީންވާނެކަމަށް ކައުންސިލުން ވިދާޅުވެފައިވެއެވެ.

HajjCop_ads
Advertisement

ފެނަކަ ކޯޕަރޭޝަނުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ޖަނަރޭޓަރު ސެޓުތައް އިންސްޓޯލްކުރުމުގެ މަސައްކަތް އަވަހަށް ނިންމާލެވޭނެއެވެ. ނިމިދިޔަ 2024 ވަނަ އަހަރު ފެނަކައިން ވަނީ ރާއްޖޭގެ 53 ރަށަކަށް 61 ޖަނަރޭޓަރު ސެޓު ފޯރުކޮށްދީފައެވެ. މިހާރު ފެނަކައިން ދަނީ ރާއްޖޭގައި މީހުން ދިރިއުޅޭ 157 ރަށަކަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެމުންނެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC 4298 (1)

ފެނަކަ އުވާލައި، ސްޓެލްކޯގެ ދަށަށް ހުރިހާ ރަށެއްގެ ޚިދުމަތްތައް ބަދަލުކުރަނީ

ހަނިމާދޫގެ ކަރަންޓުގެ ޚިދުމަތް ހަރުދަނާކުރުމަށް 1200 ކިލޯވޮޓްގެ އައު ޖެންސެޓެއް

ނެއްލައިދޫގެ އައު ޖެންސެޓް ބޭނުންކުރަން ފަށައިފި

Fenaka MD

ފެނަކައިގެ ޕްރޮކިއުމެންޓް، ޕީސީބީގެ އުސޫލުތަކާއި އެއްގޮތްކުރަނީ