ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ އެގްޒެކެޓިވް ޑިރެކްޓަރ އަދި އެކްޓިންގ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް، ސ.ފޭދު، ނެސްޕްރޯވިލާ، ޑރ. އަލީ އަޒުވަރު އައްޔަނުކުރައްވައިފި އެވެ.
އެކަން ޕީސީބީން ވަނީ އިއުލާނުކޮށްފަ އެވެ. އަޒުވަރަކީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރެވެ. މި ބަދަލަކީ ހަރަދުކުޑަކުރުމާއި ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާއި އެއްގޮތަށް ގެނެސްފައިވާ ބަދަލެކެވެ.
މިހާރު ހިނގަމުންދާ މަސައްކަތް ނިމުމުން ކަރަންޓްގެ ޚިދުމަޔް ދިނުމަށް އޮންނާނީ ސްޓެލްކޯ އެކަންޏެވެ.

މީގެ އިތުރުން ފެނަކައިގެ ޑިރެކްޓަރުންގެ ބޯޑަށް، ހ.ހުދުރިޔާ، އިބްރާހިމް ނިޠާމް އައްޔަނުކޮށްފައިވާ ކަމަށް ވެސް ޕީސީބީން ބުންޏެވެ.











ކިޔުންތެރިންގެ ހިޔާލު