ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބިދޭސީންގެ ފީތަކުގެ ތެރެއިން 1.6 ބިލިއަން ރުފިޔާ ހޯދައިފި

Glll9t4bkaazwhq
އިމިގްރޭޝަން އޮފިސަރަކު ބިދޭސީންތަކަކާ ސުވާލުކުރަނީ — ފޮޓޯ: އިމިގްރޭޝަން
TTH_Ads
STO_Ads
Advertisement

ބިދޭސީންގެ ފީ އާއި ޖޫރިމަނާގެ ގޮތުގައި ނުދައްކާ ހުރި 1.7 ބިލިއަން ރުފިޔާގެ ތެރެއިން 1.6 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ހޯމްލޭންޑް މިނިސްޓްރީން ބުނެފިއެވެ.

ޕީއެސްއެމްގެ “ރާއްޖެ މިއަދު” ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ހޯމްލޭންޑް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލް މަޖީދު އިބްރާހީމް ވިދާޅުވީ ބިދޭސީންނަށް ވަޒީފާ ދީފައިވާ ފަރާތްތަކުން ބިދޭސީންގެ ފީތައް ގަވާއިދުން ދައްކަމުންނުދާ މައްސަލަ ބޮޑުވެފައިވާ ކަމަށެވެ.

މި ސަރުކާރުގެ މަސައްކަތުން ބިދޭސީ މަސައްކަތްތެރިންގެ ފީ ގަވާއިދުން ދައްކާ ފަރާތްތަކުގެ އަދަދު 50 ޕަސަންޓަށްވުރެ މައްޗަށް ގޮސްފައިވާ ކަމަށާއި ވެރިކަމާ ހަވާލުވި އިރު، އެ އަދަދު ހުރީ 22 ޕަސަންޓުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

HajjCop_ads
Advertisement

މާޖިދު ވިދާޅުވީ ހޯދިފައިވާ ފައިސާގެ 99 އިންސައްތައަކީ މި ސަރުކާރުގެ ތެރެއިން ހޯދިފައިވާ ފައިސާ ކަމަށާއި މާނައަކީ 1.6 ބިލިއަން ރުފިޔާ މި ސަރުކާރަށް ހޯދިފައިވާ ކަމަށެވެ. އެހެންނަމަވެސް އެ ފީތަކުގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ 900 މިލިއަނަށްވުރެ ގިނަ ރުފިޔާ އަދި ނުދައްކާ އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ.

ހޯމްލޭންޑް މިނިސްޓްރީން ވަނީ މިދިިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ބިދޭސީންގެ ފީ އާއި ޖޫރިމަނާގެ ގޮތުގައި 100،000 ރުފިޔާއަށްވުރެ މަދުން ފައިސާ ދައްކަން ހުރި ފަރާތްތައް އެ މަހުގެ 16 ގެ ކުރިން އެ ފައިސާ ދައްކައި ހަލާސްކުރަން އަންގައިފައެވެ. އެގޮތަށް އަމަލުނުކުރާ ކުންފުނިތަކުގެ ނަންތައް އާންމުކުރާނެކަން އަންގައި، މިދިޔަ އަހަރު އާންމުކުރަން ފަށައިފައެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
MPL_Ads
STO_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

2 Suspects 33e59f8939

ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި 2 ބިދޭސީން ހައްޔަރުކޮށްފި

1 Suspect 3e8c6b718a

ބިދޭސީއެއްގެ އަތުން 10،000ރ ފޭރުނު މީހަކު ހައްޔަރުކޮށް ބަންދަށް

immigration

މިނިވަން ދުވަހާއި ގުޅިގެން އަންނަ ބަންދުގައި ޕާސްޕޯޓު ދޫކުރަނީ

HNU6lNGakAAEG6V

މޯބައިލް އެޕްލިކޭޝަނުން ޕާސްޕޯޓަށް އެދެވޭގޮތް ހަދަނީ