މާލެސިޓީ، ހުޅުމާލޭގެ ފޭސް 1 ގެ ބައެއް ސަރަހައްދުތަކުން މިއަދު މެންދުރު ކަރަންޓު ކެނޑުން އެކަށީގެންވާކަމަށްސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ވިދާޅުވެއްޖެއެވެ.

ސްޓެލްކޯއިން މިހެން ވިދާޅުވީ އިއްޔެ އެކްސްގައި ކުރި ޕޯސްޓެއްގައެވެ.

މިކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް މާލެ ސިޓީ، ހުޅުމާލެ ފުރަތަމަ ފިޔަވަހި، ހަނދުވަރީ ހިނގުން އަދި ރީތިގަސް މަގު ހިމެނޭ ސަރަޙައްދުން މާދަމާ (8 އޭޕްރިލް 2025) މެންދުރުފަހު 15:00 އާއި 15:30 އާ ދެމެދު ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް. …

އެ ޕޯސްޓްގައި ސްޓެލްކޯއިން ވިދާޅުވެފައިވަނީ ހުޅުމާލެ ފޭސް 1ގެ ހަނދުވަރީ ހިނގުން އަދި ރީތިގަސް މަގު ހިމެނޭ ސަރަހައްދުން މިއަދު މެންދުރުފަހު 15:00 އިން 15:30 އާއި ދެމެދު ކަރަންޓު ކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

އިޝްތިހާރު އިޝްތިހާރު

މީގެއިތުރުން ސްޓެލްކޯއިން ވަނީ އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް މާލެ ސިޓީ، ބޮޑުތަކުރުފާނު މަގު، ހިޔަލީ ގޯޅި، ރޯޝަނީ މަގު އަދި ވަޔޮލެޓް ހިނގުން ހިމެނޭ ސަރަހައްދުންވެސް މާދަމާ ކަރަންޓް ހިދުމަތް މެދުކެނޑުން އެކަށީގެންވާ ކަމަށް ވިދާޅުވެފައެވެ.

އެގޮތުން މާދަމާ (09 އޭޕްރީލް) ވާ ބުދަ ދުވަހު މާލެއިން ކަރަންޓް ހިދުމަތް ކެނޑޭނެ ވަގުތަކީ ހެނދުނު 09:30 އިން 11:30 އާއި ދެމެދުއެވެ.

މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށް އެ ކުންފުނިން ވަނީ އާއްމުންގެ ކިބައިން މައާފަށް އެދިވަޑައިގަންފައެވެ.