ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކަރަންޓް ވިއުގަ އަޕްގްރޭޑް ކުރަނީ، މި މަހުގެ ނިޔަލަށް ކޮންމެ ވަގުތެއްގައި ވެސް ހިނދުކޮޅަކަށް ކަރަންޓް ކެނޑިދާނެ!

988
TTH_Ads
STO_Ads
Advertisement

މާދަމާއިން ފެށިގެން މި މަހުގެ ނިޔަލަށް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ އެކި ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް ވަގުތުކޮޅަކަށް މެދުކެނޑިދާނެ ކަމަށް ސްޓެލްކޯއިން މިއަދު ބުނެފިއެވެ.

ސްޓެލްކޯއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ކަރަންޓުގެ ވިއުގަ ބެލެހެއްޓުން އެ ކުންފުންޏާ ރަސްމީކޮށް ހަވާލުކުރުމާ ގުޅިގެން ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް މުހިންމު މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ. މި މަސައްކަތުގެ މައިގަނޑު މަޤްޞަދަކީ ރައްޔިތުންނަށް އިތުބާރުހުރި އަދި ދެމެހެއްޓެނިވި ޚިދުމަތެއް ފޯރުކޮށްދިނުން ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.

ކަރަންޓުގެ ވިއުގައިގައި ކުރަންޖެހޭ ޓެކްނިކަލް އަޕްގްރޭޑިން މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ތާވަލުކޮށްފައިވަނީ މި މަހުގެ 21 އިން ފެށިގެން 31 ގެ ނިޔަލަށެވެ. މި މަސައްކަތްތައް ކުރިއަށްދާ ވަގުތުތަކުގައި ދެވަނަ ފިޔަވަހީގެ އެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސްޓެލްކޯއިން ހާމަކުރެއެވެ.

HajjCop_ads
Advertisement

ކަރަންޓުގެ ޚިދުމަތް މެދުކެނޑިގެން ދިމާވެދާނެ ދަތިތަކަށް ސްޓެލްކޯއިން ވަނީ އާންމުންގެ ކިބައިން މަޢާފަށް އެދިފައެވެ. އަދި މި މަސައްކަތް ނިމުމުން އެ ސަރަހައްދުގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ފުރިހަމަވެގެންދާނެ ކަމުގެ ޔަޤީންކަން އެ ކުންފުނިން ވަނީ ދީފައެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Resorts

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުވުމަށް ހުޅުމާލޭގައި ފުލުހުން “ރޯޑްޝޯ” އެއް ބާއްވައިފި

788

ހުޅުމާލޭގެ އުސް އިމާރާތެއްގެ ހަވަނަ ފަންގިފިލާއިން ވެއްޓުނު ކުއްޖަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެ

stelco

ތިންވަނަ ފިޔަވަހީގެ ގޯތިތަކަށް ކަރަންޓު ލިބޭނީ ލޭންޑް ޔޫސް ޕްލޭން ނިމުމުން: ސްޓެލްކޯ

ހޭލުންތެރިކުރުވުމަށް ހުޅުމާލޭގައި ރޯޑްޝޯ އެއް ކުރިއަށް ގެންގޮސްފި