ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

18 ރަށެއްގައި 38 މެގަވޮޓް އަވަރގެ ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް ޤާއިމްކުރަނީ

STO_Ads
TTH_Ads
Advertisement

ރާއްޖޭގެ 18 ރަށެއްގައި ޖުމްލަ 38 މެގަވޮޓް އަވަރގެ ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް ޤާއިމްކުރުމުގެ މަޝްރޫޢު ފެށިއްޖެއެވެ. މި މަޝްރޫޢަކީ ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ “އެކްސަލަރޭޓިންގ ސަސްޓެއިނަބަލް ސިސްޓަމް ޑިވެލޮޕްމަންޓް ޔޫސިން ރިނިއުބަލް އެނަރޖީ” ޕްރޮޖެކްޓްގެ ދަށުން ހިންގޭ މުހިންމު މަސައްކަތެކެވެ.

މި މަޝްރޫޢުގެ ދަށުން، 500 ކިލޯވޮޓް އަވަރުން ފެށިގެން 3000 ކިލޯވޮޓް އަވަރާ ހަމައަށް ހުރި ބެޓެރީ ސިސްޓަމްތައް އެކި ރަށްރަށުގައި ޤާއިމްކުރެވޭނެއެވެ. މި މަސައްކަތް ޙަވާލުކޮށްފައިވަނީ ޗައިނާގެ ކުންފުނިތަކެއްގެ ޖޮއިންޓް ވެންޗަރއަކާއެވެ.

މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓުގެ މިންވަރު އިތުރުކުރުމެވެ. މީގެ ސަބަބުން، 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެއަށް ބޭނުންވާ ކަރަންޓުގެ 33 އިންސައްތަ އިއާދަކުރަނިވި ހަކަތައިން އުފެއްދުމުގެ ލަނޑުދަނޑި ޙާޞިލްކުރުމަށް މަގުފަހިވެގެންދާނެއެވެ.

HajjCop_ads
Advertisement

މި ސިސްޓަމްތައް ޤާއިމްކުރުމުގެ ސަބަބުން، އިތުރު ސޯލާ ޕީވީ ސިސްޓަމްތައް ގާއިމުކުރުމަށާއި، ގްރިޑް ސްޓެބިލައިޒް ކުރުމަށް ފުރުޞަތު ލިބި، އަދި މަގޭ ސޯލަރ ޕްރޮގްރާމްގެ ދަށުން ގޭގޭގައާއި އިމާރާތްތަކުގައި ސޯލަރ ޕީވީ ހަރުކުރުމަށްވެސް މަގުފަހިވެގެންދާނެއެވެ.

ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް ޤާއިމްކުރާ ރަށްތައް:
1- ހދ. ހަނިމާދޫ: 2000 ކިލޯވޮޓް އަވަރ
2- ށ. މިލަންދޫ: 2500 ކިލޯވޮޓް އަވަރ
3- ނ. ހޮޅުދޫ: 1500 ކިލޯވޮޓް އަވަރ
4- ނ. މަނަދޫ: 3000 ކިލޯވޮޓް އަވަރ
5- ނ. ވެލިދޫ: 3000 ކިލޯވޮޓް އަވަރ
6- ރ. އަލިފުށި: 2000 ކިލޯވޮޓް އަވަރ
7- ރ. ހުޅުދުއްފާރު: 1500 ކިލޯވޮޓް އަވަރ
8- ބ. ދަރަވަންދޫ: 2500 ކިލޯވޮޓް އަވަރ
9- ބ. ތުޅާދޫ: 3000 ކިލޯވޮޓް އަވަރ
10- މ. މުލައް: 2000 ކިލޯވޮޓް އަވަރ
11- މ. މުލީ: 2000 ކިލޯވޮޓް އަވަރ
12- މ. ވޭވައް: 500 ކިލޯވޮޓް އަވަރ
13- މ. ރަތްމަންދޫ: 500 ކިލޯވޮޓް އަވަރ
14- ތ. ގުރައިދޫ: 2500 ކިލޯވޮޓް އަވަރ
15- ރ. ތިމަރަފުށި: 3000 ކިލޯވޮޓް އަވަރ
16- ގއ. މާމެންދޫ: 1000 ކިލޯވޮޓް އަވަރ
17- ގދ. ފަރެސްމާތޮޑާ: 3000 ކިލޯވޮޓް އަވަރ
18- ގދ. ގައްދޫ: 2500 ކިލޯވޮޓް އަވަރ

މީގެ އިތުރުން، މި މަޝްރޫޢުގެ ސަބަބުން އަހަރަކު ގާތްގަނޑަކަށް 8.4 މިލިއަން ލީޓަރުގެ ޑީސަލް ސަލާމަތްކުރެވި، އަހަރަކު ގާތްގަނޑަކަށް 125 މިލިއަން ރުފިޔާގެ ތެލުގެ ޚަރަދު ކުޑަކުރެވޭނެކަމަށް ލަފާކުރެވެއެވެ. މިއީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށާއި، އިޤްތިޞާދީ ގޮތުން ފައިދާހުރި، ދެމެހެއްޓެނިވި ތަރައްޤީއަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

VVV

ހަނގުރާމައިގެ ގެއްލުމާ ކުރިމަތިވި ރިސޯޓްތަކަށް ބީއެމްއެލް މެދުވެރިކޮށް މާލީ އެހީ ދެނީ

Minister Thoriq Ibrahim

ތެޔޮ އެތެރެކުރަން ރާއްޖެއިން މިދިޔަ އަހަރު 10 ބިލިއަން ރުފިޔާ ހޭދަކުރި

Oo

ނުފުރި ތިބި ފަތުރުވެރިންނަށް ސަރުކާރުން އެހީ ވަނީ

Izaam

ހަކަތައިގެ ދާއިރާގެ ލަނޑުދަނޑިތަކަށް ވާސިލުވުމަށް ބައިނަލްއަގުވާމީ ބައިވެރިންނާ ގުޅުން ވަރުގަދަ ކުރުން މުހިންމު: ތޯރިގު