ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ތެލަސީމިއާ ސެންޓަރުގެ އިސް ދެ ބޭފުޅަކު މަގާމުން ވަކިކޮށްފި

Big ha7wkwg6nahyhc5m6klrk0rp2
ތެލަސީމިއާ ސެންޓަރު، މޯލްޑިވިއަން ބްލަޑް ސާވިސަސް (އެމްބީއެސް) — ފޮޓޯ: ޕީއެސްއެމް
STO_Ads
TTH_Ads
Advertisement

ތެލަސީމިއާ ސެންޓަރު، މޯލްޑިވިއަން ބްލަޑް ސާވިސަސް (އެމްބީއެސް)ގެ އިސް ދެ ބޭފުޅަކު މަގާމުން ވަކިކޮށްފިއެވެ.

މަގާމުން ވަކިކޮށްފައިވަނީ ތެލަސީމިއާ ސެންޓަރުގެ ޑިރެެކްޓަރުގެ މަގާމުގައި ހުންނެވި އަހުސަން ހުސައިނާއި އެ ސެންޓަރުގެ ޕަބްލިކް ހެލްތު ކޯޑިނޭޓަރުގެ މަގާމުގައި ހުންނެވި ފައިސަލް އިބްރާހީމެވެ. އެ ދެ ބޭފުޅުން މަގާމުން ވަކިކުރީ އިއްޔެގެ ވަގުތެއްގައެވެ.

ތެލަސީމިއާ ސެންޓަރުން ދޭ ހިދުމަތްތަކާ މެދު ހިތްހަމަނުޖެހި، ލޭ އަޅާ މީހުންނާއި ކުދިންގެ ބެލެނިވެރިން އެ ސެންޓަރު ދޮށުގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އިހުތިޖާޖުކުރުމާ ގުޅިގެން އެ ސެންޓަރަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އާދީއްތަ ދުވަހު ވަޑައިގެން ވަރުގަދަ ފިޔަވަޅުތަކެއް އެޅުއްވުމަށް ވަނީ އަންގަވައިފައެވެ.

MMA_Ads
HajjCop_ads
Advertisement

ރައީސްގެ އެންގެވުމާ ގުޅިގެން ތެލަސީމިއާ ސެންޓަރަށް ވަނީ ޑިރެކްޓާ ޖެނެރަލަކު އައްޔަންކޮށްފައެވެ. އަށް އަހަރު ފަހުން އެ ސެންޓަރުގެ ޑިރެކްޓާ ޖެނެރަލްގެ މަގާމަށް އިއްޔެ އައްޔަންކުރީ އަހުމަދު މައުސޫމެވެ.

މައުސޫމް އަކީ މެނޭޖްމަންޓް ދާއިރާގައި އަދި ހިންގުމުގެ ތަޖުރިބާ ހުންނެވި ބޭފުޅެކެވެ. މީގެ ކުރިން މައުސޫމް ވަނީ އައިޖީއެމްއެޗްގައި ވެސް މަސައްކަތް ކުރައްވައިފައެވެ.

ހެލްތު މިނިސްޓްރީން ބުނީ ތެލަސީމިއާ ސެންޓަރަށް ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލްއަކާއި ޑިރެކްޓަރެއްގެ މަގާމަށް ވެސް ދެ ބޭފުޅުން ވަރަށް އަވަހަށް ހަމަޖެހިގެންދާނެ ކަމަށާއި ވަރަށް އަވަހަށް ފިޒީޝަނެއް ވެސް ހަމަޖެހިގެންދާނެ ކަމަށެވެ.

އޭގެ އިތުރުން އެތަނަށް ތެލަސީމިއާ ސެންޓަރަށް ބޭނުންވާ ފަސް ނަރުހުން ހޯދުމަށްވެސް މިއަދު ވަނީ އިއުލާންކޮށްފައެވެ. އަދި އެހެނިހެން އިދާރީ މުވައްޒަފުންވެސް ހަމަޖެއްސުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް މިނިސްޓްރީން ބުންޏެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
STO_Ads
MPL_Ads
MMA_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

395641 c604bcf8 9

31 އަހަރުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ތެލަސީމިއާ ސެންޓަރުގެ ޚިދުމަތް ހުކުރު ދުވަހު ދޭން ފަށައިފި

395665 df95740a c

ތެލެސީމިއާ ކުދިންނަށް އެމްބީއެސްގެ ހާއްސަ ހޮޓްލައިން ނަމްބަރެއް

8989898989

ތެލަސީމިއާ ސެންޓަރު ރަސްމީކޮށް އޮރެންޖް ހިޔާއަށް ބަދަލުކޮށްފި

އޮރެންޖުހިޔާގައި ޤާއިމުކުރެވުނު ތެލަސީމިއާ ސެންޓަރު ސިއްޙީ ވުޒާރާއާ ޙަވާލުކުރެވިއްޖެ