ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފުޓުބޯޅަ ކޯޗު ސާންތި ނިޔާވެއްޖެ

Screenshot 2025 03 23 at 02.24.37
ފުޓުބޯޅަ ކޯޗު އިހުސާން އަބްދުލްޣަނީ (ސާންތި) —
TTH_Ads
STO_Ads
Advertisement

މަޝްހޫރު ފުޓުބޯޅަ ކޯޗު އިހުސާން އަބްދުލްޣަނީ (ސާންތި) ނިޔާވެއްޖެއެެވެ.

ކަންސަރު ބައްޔާ ހަނގުރާމަކުރަމުންދިޔަ ސާންތި ނިޔާވެފައިވަނީ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މިރޭގެ ވަގުތެއްގައެވެ.

ރާއްޖޭގެ ފުރަތަމަ ޑިވިޝަންގެ ކްލަބުތަކަށް ގިނަ ހިދުމަތްތަކެއް ކޮށްދީފައިވާ ކޯޗު ސާންތި، ކެންސަރު ބައްޔަށް ފަރުވާ ހޯދަން ފަށާފައިވަނީ މީގެ ތިން އަހަރެއްހާ ދުވަސް ކުރިންނެވެ. ފަރުވާއަށް ސާންތި ވަނީ ފުޓުބޯޅައާ ދުރަށް ވެސް ގޮސްފައެވެ.

HajjCop_ads
Advertisement

ފުޓުބޯޅައިގައި ސާންތިގެ އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީއަކީ ރާއްޖެއިން ހޯދި ފުރަތަމަ ސާފް ޗެމްޕިއަންޝިޕްގެ ތައްޓެވެ. ރާއްޖެއިން 2008 ވަނަ އަހަރު އެ މުބާރާތް ކާމިޔާބުކުރި އިރު، ސާންތިއަކީ ގައުމީ ޓީމުގެ އެސިސްޓަންޓު ކޯޗެކެވެ.

ކުޅިވަރަށް ހިދުމަތްކުރުމުގައި ޒުވާނުންގެ ގައުމީ އިނާމު ހާސިލުކޮށްފައިވާ ސާންތި ވަނީ ކްލަބު އީގަލްސްގެ ހެޑް ކޯޗެއްގެ ގޮތުގައި ޒުވާން ގިނަ ކުޅުންތެރިންތަކަކަށް ފުރުސަތުދީ، ކޯޗުން އުފެއްދުމުގައި ވެސް އިސް ދައުރެއް އަދާކޮށްފައެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު