ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެފްއޭއެމް އެވޯޑް ކޮމިޓީގެ ޗެއާޕާސަންކަމަށް މާއްޓޭ އައްޔަންކޮށްފި

STO_Ads
TTH_Ads
Advertisement

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އެވޯޑް ކޮމިޓީގެ ޗެއާޕާސަންގެ މަގާމަށް ރާއްޖޭގެ މަޝްހޫރު ކުރީގެ ގޯލްކީޕަރާއި ކޯޗު މައުރޫފް އަހްމަދު (މާއްޓޭ) އައްޔަންކޮށްފިއެވެ.

ރާއްޖޭގެ ފުޓްބޯޅަ ކުޅިވަރުގައި އެތައް ކާމިޔާބުތަކެއް ހޯދައިދީފައިވާ މާއްޓޭއަކީ، ކުޅުންތެރިޔެއްގެ ގޮތުންނާއި ކޯޗެއްގެ ގޮތުން ވިކްޓަރީ ސްޕޯޓްސް ކްލަބަށް ގިނަގުނަ ޗެމްޕިއަންޝިޕްތައް ހޯދައިދީފައިވާ ބޭފުޅެކެވެ. މީގެ އިތުރުން އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރުކަން ކުރިން އަދާކުރުމަށްފަހު، އެންމެ ފަހުން މަސައްކަތްކުރީ ސްޕޯޓްސް ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރެއްގެ ގޮތުގައެވެ.

އެވޯޑް ކޮމިޓީގެ ވައިސް ޗެއާޕާސަންގެ މަގާމު ފުރާނީ ރާއްޖޭގެ އިންޓަނޭޝަނަލް މެޗު ކޮމިޝަނަރު އަބްދުލްހަމީދު އަބްދުލްޣަފޫރު (އައްޑޯ) އެވެ. މި ކޮމިޓީގައި ކުރީގެ މަޝްހޫރު ރެފްރީ އަހްމަދު އަބީރު އިސްމާއީލާއި، ފުޓްބޯޅަ ނޫސްވެރިކަމުގައި ދިގު މުއްދަތެއް މަސައްކަތްކުރި މުހައްމަދު ޝަހީބު ވެސް ހިމެނެއެވެ. ޝަހީބަކީ ކުރިން “ހަވީރު” ނޫހުގެ ސްޕޯޓްސް އެވޯޑް ކޮމިޓީގައި މަސައްކަތްކޮށްފައިވާ ބޭފުޅެކެވެ. ގައުމީ ޓީމުގެ ކޯޗު ވެސް ކޮމިޓީގެ މެންބަރެއްގެ ގޮތުގައި ބައިވެރިވާނެއެވެ.

HajjCop_ads
MMA_Ads
Advertisement

މި އަހަރުގެ އެފްއޭއެމް އެވޯޑްސް ހަވާލުކުރާނީ 12 ކެޓަގަރީއަކުންނެވެ. އޭގެ ތެރޭގައި ރާއްޖޭގެ އެންމެ މޮޅު ފިރިހެން ފުޓްބޯޅަ ކުޅުންތެރިޔާ، އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާ، އެންމެ މޮޅު އަންހެން ކުޅުންތެރިޔާ، ސަޕޯޓަރުންގެ މަގުބޫލު ކުޅުންތެރިޔާ، އެންމެ މޮޅު ގޯލްކީޕަރު، 21 އަހަރުންދަށުގެ އެންމެ މޮޅު ކުޅުންތެރިޔާ، އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާ، އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާ، އެންމެ މޮޅު ކޯޗު، އެންމެ މޮޅު ގޯލް، އެންމެ މޮޅު ކްލަބް އަދި އެންމެ މޮޅު ރެފްރީ ހިމެނެއެވެ.

އެވޯޑް ދިނުމުގައި މި ފަހަރު ބަލާނީ ސީޒަނުގައި ކުޅުންތެރިން ދެއްކި ކުޅުމާއި ހޯދި ނަތީޖާތަކަށެވެ. މި ކޮމިޓީ އެކުލަވާލުމަކީ އެފްއޭއެމްއިން ރާއްޖޭގެ ފުޓްބޯޅަ ކުޅިވަރުގައި ފާހަގަކޮށްލެވޭ ކާމިޔާބުތައް ހޯދާ ކުޅުންތެރިންނާއި ކޯޗުން ފާހަގަކޮށް، އެ ފަރާތްތަކަށް ޙައްގު ޝަރަފު ދިނުމަށް ކުރާ މަސައްކަތެކެވެ..

MPL_Ads
MWSC_ads
Ads_MTCC
Advertisement
MPL_Ads
STO_Ads
MMA_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

RTL

އަޅުގަނޑުމެން މި ބަލަނީ އާރްޓީއެލް ޚިދުމަތަކީ ހިތްފަސޭހަ ޚިދުމަތަކަށް ހަދަން: ރައީސް

ފްރާންސުގެ މަތިންދާ ބޯޓެއް ވެއްޓުމާ ގުޅިގެން ރައީސް ތަޢުޒިޔާ ފޮނުއްވައިފި

Islamic university

އިސްލާމީ ޔުނިވަރސިޓީ ދަރިވަރުންގެ ސްކޮލަރޝިޕަށް ހުޅުވާލައިފި

health ministry

މަދަނީ ޖަމިއްޔާތަކުގެ ގްރާންޓް ޕްރޮގްރާމަށް ހުޅުވާލައިފި