ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޝަހީދު އައްޔަންކުރަން ކޮމިޓީން ފާސްކޮށްފި

STO_Ads
TTH_Ads
Maldivian_Ads
Advertisement

ހައި ކޯޓުގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ރުހުންދިނުމަށް ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ފަނޑިޔާރު ޝަހީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރެއްވުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ލަފާދެއްވުމުން، އެ މަނިކުފާނު އިއްޔެ ވަނީ ޝަހީދުގެ ނަން މަޖިލީހަށް ފޮނުއްވައިފައެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރެއްވުމަށް ޝަހީދުގެ ނަން، ރައީސް ފޮނުއްވުމުން މިއަދު ވަނީ އެ މައްސަލަ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފައެވެ.

HajjCop_ads
Advertisement

މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި، ކޮމިޓީގެ މުގައްރިރު، މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކް ވިދާޅުވީ، އެފަދަ ކަންކަމުގައި ކޮމިޓީން އަމަލުކުރާ ގޮތަކީ އެއީ ޖޭއެސްސީން އިންޓަވިއުކުރުމަށްފަހު، ރައީސަށް ފޮނުއްވައިގެން މަޖިލީހަށް ހުށަހަޅާ ނަކަމަށްވާތީ، އެ މީހަކާ ކޮމިޓީން އިންޓަވިއުކުރުމުގެ ބަދަލުގައި، އެ ނަމާއެކު ރައީސްގެ ސިޓީއާއެކު ކޮމިޓީއަށް ފޮނުއްވާ ޑޮއިކުމެންޓްތަކަށް ބެލުމަށްފަހު ކޮމިޓީން ގޮތެއް ކަނޑައެޅުން ކަމަށެވެ.

ބަހުސަށް ހުޅުވާލުމުން ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވިދާޅުވީ ޝަހީދުގެ ނަމަކީ ޖޭއެސްސީން ދިރާސާކުރުމަށްފަހު ރައީސަށް ފޮނުއްވުމުން، އެކަމުގައި ކޮމިޓީން ދެކޭގޮތް ބެއްލެވުމަށް ފޮނުއްވި ނަމެއް ކަމަށެވެ.

އެހެންކަމުން އެކަމުގައި ކޮމިޓީން ދިރާސާކުރާނެ ކަމެއް ނެތް ކަމަށާއި ވޯޓެއް ނަގައިގެން ޝަހީދުގެ ނަން އަވަހަށް ފާސްކޮށް ފަނޑިޔާރުކަމަށް އައްޔަންކުރެވޭނެ ގޮތެއް ވީހާވެސް އަވަހަކަށް ކޮމިޓީން ނިންމަންޖެހޭ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޝަހީދު އައްޔަންކުރަން މަޖިލީހުން ރުހުންދޭން ފެންނަ ކަމަށް ކޮމިޓީން ފާސްކުރަން ހުށަހެޅުއްވީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދެވެ. އެ ހުށަހެޅުއްވުމަށް ތާއީދުކުރެއްވީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދެވެ.

ޝަހީދުގެ ނަން ކޮމިޓީން ފާސްކުރީ ކޮމިޓީގެ ބައްދަލުވުމުގައި ތިއްބެވި މެންބަރުންގެ އިއްތިފާގުންނެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Supreme Court

ސުޕްރީމް ކޯޓުގެ އައު އިމާރާތް ތަރައްޤީކުރުމަށް މާލެއިން ބިމެއް ހަމަޖައްސައިދީފި

މަދަނީ ޢަދުލުގެ ނިޒާމު އިސްލާހުކުރުމުގެ މަސައްކަތު ބައްދަލުވުމެއް

HQtyYKka8AATohI

ޤައުމުތަކުގެ ސުލްހައާއި ހަމަޖެހުމަށް ޤާނޫނު ހަދާ މަޖިލިސްތަކުގެ ދައުރު މުހިންމު: މަޖިލީހުގެ ރައީސް

ރާއްޖެ އާއި އޮސްޓްރޭލިއާގެ ގުޅުން އިތުރަށް ބަދަހިކުރަން މަޝްވަރާކޮށްފި