ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޕާޓީން ވަކިވާ މެންބަރުންގެ ގޮނޑި ގެއްލޭނެކަމަށް ޤާނޫނު އަސާސީއަށް ގެނައި އިޞްލާހު ޞައްޙަ: ސުޕްރީމް ކޯޓު

Big WTSXBjsxqtu5CFfBecZk4biyi
TTH_Ads
STO_Ads

ސިޔާސީ ޕާޓީން ވަކިވުމުން ނުވަތަ އެ ޕާޓީން ވަކިކުރުމުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ޤާނޫނުއަސާސީއަށް ގެނައި އިސްލާޙު ޤާނޫނުއަސާސީގެ އޮނިގަނޑާ ޚިލާފުނޫން ކަމަށް ސުޕްރީމް ކޯޓުން މިއަދު ކަނޑައަޅައި ޙުކުމްކޮށްފިއެވެ.

މި މައްސަލައަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީން ވަކިކޮށްފިނަމަ ނުވަތަ ވަކިވެއްޖެނަމަ މެމްބަރު ކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގެނައި އިސްލާޙަކީ ޤާނޫނުއަސާސީގެ އޮނިގަނޑާ ޚިލާފު ކަމަށް ކަނޑައަޅައިދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު ޢަލީ ޙުސައިން ހުށަހެޅުއްވި މައްސަލައެކެވެ. އަދި މި މައްސަލައިގައި އެމްޑީޕީންވެސް ވަނީ ތަދައްޚުލްވެފައެވެ.

މި މައްސަލައިގައި ޢަލީ ޙުސައިން ވިދާޅުވީ ޤާނޫނުއަސާސީއަށް ގެނައި މި އިސްލާޙަކީ ޤާނޫނުއަސާސީގެ 26، 75 އަދި 90 ވަނަ މާއްދާއާ ފުށުއަރާ ބަދަލެއް ކަމަށެވެ. އަދި މިއީ ތިން ބާރު ވަކިވެފައިވާ ރިޔާސީ ނިޒާމު ގަޑުބަޑުވާނެ އިސްލާޙެއް ކަމަށް ވިދާޅުވިއެވެ. އެހެންވެ މި އިސްލާޙަކީ، ދުސްތޫރީ ބާރުވެރިކަން ލިބިގެންނުވާ ބާތިލު އިސްލާޙެއް ކަމަށް ކަނޑައަޅައިދިނުމަށް ޢަލީ ހުސައިން ވަނީ ސުޕްރީމް ކޯޓުގައި އެދިވަޑައިގެންފައެވެ.

Maldivian_Ads

ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި މަޖިލީހުގައި ރައުޔު އިއްވަވަމުން އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުޙައްމަދު ވިދާޅުވީ، ޤާނޫނުއަސާސީއަށް އިސްލާޙު ގެނައުމުގެ ބާރު މަޖިލީހަށް ލިބިގެންވާއިރު، މިނިވަން ޑިމޮކްރަޓިކް ޤައުމުތަކުގައި އޮންނަ އުސޫލުތަކަށް ރިއާޔަތްކޮށް އެފަދަ އިސްލާހެއް ޤާނޫނުއަސާސީއަށް ގެނައުމަކީ ޤާނޫނު އަސާސީގެ ސިޔާދަތާ ޚިލާފް ކަމެއް ނޫން ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ. އަދި ޤާނޫނުއަސާސީއަށް ގެނައި އިސްލާހަކީ، ދުސްތޫރީ ބާރުވެރިކަން ލިބިގެންނުވާ ބާތިލް އިސްލާހެއް ކަމަށް ކަނޑައެޅޭނެ އެއްވެސް ހަމައެއް ނެތް ކަމަށްވެސް ވިދާޅުވިއެވެ.

އެމަނިކުފާނު ވަނީ ރިޔާސީ ނިޒާމާއި، ބަރުލަމާނީ ނިޒާމު އަދި ރިޔާސީ ނިޒާމުގެ ކަންކަން ހިމެނޭގޮތަށް ހިންގަމުންދާ ބަރުލަމާނީ ނިޒާމުތަކަށް އަމަލު ކުރަމުންދާ ޤައުމުތަކުގައި އެންޓިޑިފެކްޝަން ޤާނޫނުތަކާ ގުޅިގެން ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކަށް ރިއާޔަތް ކުރައްވާފައެވެ. އަދި ކުރިން ވެސް އެފަދަ ޤާނޫނެއް ރާއްޖޭގައި 2017 ވަނަ އަހަރު ފާސް ކޮށްފައިވާ ކަމަށާއި، އެ އެ އިސްލާހު ސައްޙަ ކަމަށް ސުޕްރީމް ކޯޓުން ނިންމަވާފައިވާކަންވެސް އުއްތަމަ ފަނޑިޔާރު ފާހަގަކުރެއްވިއެވެ.

އެމަނިކުފާނުގެ ނިންމުމުގައި ވިދާޅުވީ، މިއީ 20 ވަނަ މަޖިލީހަށް ވެސް ހިނގާނެ އިސްލާޙެއް ކަމަށެވެ.

މި މައްސަލައިގައި އުއްތަމަ ފަނޑިޔާރުގެ ރައުޔަށް މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ އިތުރު 5 ފަނޑިޔާރުން ވަނީ، ތާއީދު ކުރައްވާފައެވެ. އެމަނިކުފާނުގެ ރައުޔާ ދެކޮޅު ރައުޔެއް ހުށަހެޅުއްވީ، ފަނޑިޔާރު އައިޝާ ޝުޖޫން މުޙައްމަދެވެ.

ފަނޑިޔާރު ޝުޖޫންގެ ރައުޔުގައި އެ އިސްލާހު ބާތިލް ކުރަންޖެހޭ ކަމަށް ފެނިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ. އެއީ، މަޖިލީހަށް މެންބަރުން އިންތިޚާބުކުރަނީ، އެ މީހަކަށް ބަލައިގެން ކަމަށްވެފައި މެންބަރުން އިސްކުރަން ޖެހޭނީ ރައްޔިތުންގެ މަސްލަހަތު ކަމަށްވާތީ ކަމަށް ފަނޑިޔާރު ޝުޖޫން ވިދާޅުވިއެވެ.

މި މައްސަލަ ބެއްލެވި ބެންޗުގައި އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު ޝުޖޫންގެ އިތުރުން ހިމެނިވަޑައިގެންނެވީ، ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންއާއި، ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހިމްއާއި، ފަނޑިޔާރު ޙުސައިން ޝަހީދާއި، ފަނޑިޔާރު ޢަބްދުﷲ ޙަމީދު އަދި ފަނޑިޔާރު މުޙައްމަދު ސަލީމެވެ.

MWSC_ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އާ މިނިސްޓަރުންނަށް މަޖިލީހުން ރުހުން ދީފި

Majlis

ރައްޔިތުންގެ މަޖިލިހުގެ އިޖުތިމާއީ ކޮމިޓީއަށް ގެނައި ބަދަލުތައް އިއުލާނުކޮށްފި

supreme curt

މެންބަރުން ޕާޓީ ބަދަލުކުރުން ހުއްޓުވުމުގެ އިސްލާހުގެ މައްސަލަ ސުޕްރީމް ކޯޓަށް ބެލޭނެކަމަށް ނިންމައިފި

Supreme Court

ޕާޓީން ވަކިވާ މެމްބަރުންގެ ގޮނޑީގެ މައްސަލަ: ހުކުމް އިއްވުން ބުދަ ދުވަހު