ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު ފަނޑިޔާރުން ބަދަލުކުރުމަކީ ބޮޑު ގޯހެއް: ނަޝީދު

G30ybas5hi5m08q91zfz
ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު — ފޮޓޯ: ރައީސް އޮފީސް
STO_Ads
TTH_Ads
Advertisement

ވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ބަދަލުކުރުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި އެހެން ވިދާޅުވެފައިވަނީ، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ ސުލޫކީ މައްސަލައެއް ބަލައި، ފަނޑިޔާރުކަމުން އެ ދެ ބޭފުޅުން ވަކިކުރުމަށް ފޮނުވުމުން، މިއަދު ރައްޔިތުން މަޖިލީހުގެ ޖަލްސާގައި އަޒްމިރަލްދާ އާއި މަހާޒް ފަނޑިޔާރުކަމުން ވަކިކުރުމަށް ފާސްކުރުމާ ގުޅިގެންނެވެ.

ނަޝީދު ވިދާޅުވީ ގާނޫނުއަސާސީ ބައްޓަންކޮށްފައި މިވަނީ އުންމީދުކުރި ގޮތާ ހިލާފަށް ރަސްކަމެއް ފަދަ ރިޔާސީ ނިޒާމެއް ކަމަށާއި 2008 ގައި އާ ގާނޫނުއަސާސީއަށް އަމަލުކުރަން ފެށުމާއެކު ސުޕްރީމް ކޯޓު އެކުލަވާލަން ޖެހުނު ކަމަށެވެ. އަދި ވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު ފަނޑިޔާރުން ބަދަލުކުރަން ޖެހޭ ކަމަށް އާ ވެރިންގެ ހިތަށް ވަންނަކަމީ ވަރަށް ބޮޑު ދެރައެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

MMA_Ads
HajjCop_ads
Advertisement

ރިޔާސީ އިންތިހާބު 2013، 2018 އަދި 2023 އަށްފަހުގައި ކޮންމެ ވެރިކަމަކުން ވެސް މިވަނީ ފަނޑިޔާރުން ބަދަލުކޮށްފައި ކަމަށާއި އެއީ ވަރަށް ބޮޑު ދެރައެއް އަދި ގޯހެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވާއިރަށް ފަނޑިޔާރުން ބަދަލުކުރުމަކީ ފެހި ގާނޫނުއަސާސީ ތަސައްވަރުކުރި ގޮތެއް ނޫން ކަމަށާއި އެހެން ނުވާނެ ގޮތަކަށް ނިޒާމު ބަދަލުކުރަން ޖެހޭ ކަމަށެވެ.

ޖޭއެސްސީން ދެ ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ބަލާފައިވަނީ، ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުން، އައިޖީއެމްއެޗްގެ ޑޮކްޓަރު އިސްމާއިލް ލަތީފުގެ މައްޗަށް ތުހުމަތުކުރާ މައްސަލައެއްގައި ކްރިމިނަލް ކޯޓުން އޭނާ ބަންދުކުރުމުން އޭނާ ދޫކޮށްލަން ނުފޫޒު ފޯރުވި ކަމަށް ތުހުމަތުކޮށެވެ.

MWSC_ads
MPL_Ads
Advertisement
STO_Ads
MMA_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

majilis

ގުނަވަން ހަދިޔާކުރާ ބިލު އިތުރަށް ފުރިހަމަކުރަން ކޮމެޓީއަށް

Sstv FORM FOR EC

ޕީސީބީގެ ރައީސްކަމަށް ނިޒާރު އައްޔަންކުރައްވައި ރުހުން ހޯދަން މަޖިލީހަށް ހުށަހަޅައިފި

Zareer

ޒަރީރަށް ރުހުން ދިނުމުގެ މައްސަލަ ކޮމިޓީއަށް

H6txovzbmjojwefnjhdb

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ބޮޑު ތަފާތަކުން ރައީސް ނަޝީދު އިންތިހާބުވެވަޑައިގެންފި