ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސަރުކާރުގެ ދެ ކުންފުންޏަކަށް ހަތް ރަށެއްގެ ކުޅިވަރު މަޝްރޫޢުތައް ހަވާލުކޮށްފި

Maldivian_Ads
TTH_Ads
STO_Ads
Advertisement

ސަރުކާރުގެ ދެ ކުންފުންޏަކާ ހަތް ރަށެއްގެ ކުޅިވަރު މަޝްރޫޢުތައް ހަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން މިއަދު ހާމަކުރި ގޮތުގައި، ބ. ދަރަވަންދޫ، ބ. ތުޅާދޫ އަދި ރ. މީދޫގެ ފުޓުބޯޅަ ދަނޑުތަކަށް ބޭނުންވާ ޑްރޭގް ބްރަޝް މެޝިނާއި ބެންޗުތައް ހޯދުމަށްޓަކައި ފެނަކަ ކޯޕަރޭޝަނާއެކު އެއްބަސްވުމެއްގައި ސޮއިކުރެވިފައިވެއެވެ.

މިނިސްޓްރީން އިތުރަށް ފާހަގަކުރި ގޮތުގައި، ކުޅިވަރު މަޝްރޫޢުތައް ލަސްވަމުންދާ ރަށްތައް ދެނެގަނެ، އެކަމަށް އަވަސް ހައްލެއް ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަމުންދާ މަސައްކަތްޕުޅުގެ ދަށުން، ފެނަކައާ ހަވާލުކުރެވުނު މަޝްރޫޢުތައް މި އަހަރުގެ ދެވަނަ ކުއާޓަރގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ.

HajjCop_ads
Advertisement

މީގެއިތުރުން، އދ. ހަންޏާމީދޫ އަދި އއ. މާޅޮހުގެ ފުޓުބޯޅަ ދަނޑުތައް ތަރައްޤީކުރުމާއި، އއ. ތޮއްޑޫގެ އިންޑޯ ބެޑްމިންޓަން ކޯޓު ނިންމުމާއި،މާއި، ކ. ކާށިދޫގެ ފުޓުބޯޅަ ދަނޑަށް ބޭނުންވާ ޑްރޭގް ބްރަޝް މެޝިން ހޯދުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ މިއަދު ހަވާލުކުރެވިފައިވާކަން މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

މިނިސްޓްރީން އިތުރަށް ފާހަގަކޮށްފައިވަނީ، ދައުލަތުގެ ކުންފުނިތަކާ ހަވާލުކޮށްގެން ކުޅިވަރުގެ މަޝްރޫޢުތައް ފުރިހަމަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަޢުދުވެވަޑައިގެންނެވިތާ އެންމެ މަހެއްހާ ދުވަހުގެ ތެރޭގައި މި މަޝްރޫޢުތައް ހަވާލުކުރެވިފައިވާ ކަމަށެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC 4298 (1)

ފެނަކަ އުވާލައި، ސްޓެލްކޯގެ ދަށަށް ހުރިހާ ރަށެއްގެ ޚިދުމަތްތައް ބަދަލުކުރަނީ

ހަނިމާދޫގެ ކަރަންޓުގެ ޚިދުމަތް ހަރުދަނާކުރުމަށް 1200 ކިލޯވޮޓްގެ އައު ޖެންސެޓެއް

ތިމަރަފުށީ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފަށައިފި

ނެއްލައިދޫގެ އައު ޖެންސެޓް ބޭނުންކުރަން ފަށައިފި