ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހަތަރު ހޮސްޕިޓަލަކާއި ސިއްހީ މަރުކަޒެއްގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފި

Maldivian_Ads
TTH_Ads
STO_Ads
Advertisement

ސިއްޙީ ޚިދުމަތުގެ ވަސީލަތްތައް ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ހޮސްޕިޓަލުތަކާއި ސިއްޙީ މަރުކަޒުތަކުގެ އާ އިމާރާތްތައް އެޅުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ. މި މަޝްރޫޢުތަކުގެ ދަށުން، ޖުމްލަ 10 ރަށެއްގައި ހުރި ސިއްޙީ ޚިދުމަތްދޭ ތަންތަނުގެ އާ އިމާރާތްތައް އެޅުމުގެ މަސައްކަތް ތިން ސަރުކާރު ކުންފުންޏަކާ ވަނީ ޙަވާލުކޮށްފައެވެ.

މި މަޝްރޫޢުތަކުގެ ތެރެއިން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ޙަވާލުކޮށްފައިވަނީ ހަތަރު ރަށެއްގެ ހޮސްޕިޓަލާއި އެއް ރަށެއްގެ ސިއްޙީ މަރުކަޒުގެ އާ އިމާރާތްތައް އެޅުމުގެ މަސައްކަތެވެ. މީގެ ތެރޭގައި ހިމެނެނީ:

1. ށ. މިލަންދޫ ހޮސްޕިޓަލް
2. ކ. ތުލުސްދޫ ހޮސްޕިޓަލް
3. އއ. ރަސްދޫ ހޮސްޕިޓަލް
4. ގއ. ވިލިނގިލި ހޮސްޕިޓަލް
5. ހދ. ނެއްލައިދޫ ސިއްޙީ މަރުކަޒު

HajjCop_ads
Advertisement

މި މަޝްރޫޢުތަކުގެ ޖުމްލަ އަގަކީ 603,935,537.58 ރުފިޔާ (ގާތްގަނޑަކަށް 604 މިލިއަން ރުފިޔާ) އެވެ. މި މަސައްކަތްތައް ނިންމުމަށް ދެވިފައިވާ މުއްދަތުތަކަކީ 450 ދުވަހާއި 780 ދުވަހާ ދެމެދުގެ މުއްދަތުތަކެކެވެ.

މީގެ އިތުރުން، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ޙަވާލުކޮށްފައިވަނީ ނ. ވެލިދޫ ހޮސްޕިޓަލާއި އދ. ފެންފުށީ ސިއްޙީ މަރުކަރުކަޒުގެ އާ އިމާރާތްތައް އެޅުމުގެ މަސައްކަތެވެ. މި ދެ މަޝްރޫޢުގެ ޖުމްލަ އަގަކީ 135,162,221.85 ރުފިޔާ (ގާތްގަނޑަކަށް 135.2 މިލިއަން ރުފިޔާ) އެވެ.

އަދި ފެނަކަ ކޯޕަރޭޝަނާ ޙަވާލުކޮށްފައިވަނީ ތިން ރަށެއްގެ ސިއްޙީ މަރުކަޒުތަކުގެ އާ އިމާރާތްތައް އެޅުމުގެ މަސައްކަތެވެ. އެއީ:

1. ބ. ކުޑަރިކިލު ސިއްޙީ މަރުކަޒު
2. ގއ. ކޮނޑޭ ސިއްޙީ މަރުކަޒު
3. ގދ. ނަޑެއްލާ ސިއްޙީ މަރުކަޒު

މި ތިން މަޝްރޫޢުގެ ޖުމްލަ އަގަކީ 21,161,820.07 ރުފިޔާ (ގާތްގަނޑަކަށް 21.2 މިލިއަން ރުފިޔާ) އެވެ.

މި މަޝްރޫޢުތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރެވުނީ ހެލްތު މިނިސްޓްރީގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި މަޝްރޫޢުތަކުގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދެވޭ ސިއްޙީ ޚިދުމަތުގެ ފެންވަރު މަތިވެ، ރައްޔިތުންނަށް ލިބޭ ޚިދުމަތްތައް އިތުރަށް ފުޅާވެގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި

WhatsApp Image 2026 09 24 at 14.42.20

އެމްޓީސީސީއާއި ޔޫއޭއީގެ އެންއެމްޑީސީ ގްރޫޕާ ދެމެދު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

WhatsApp Image 2026 09 24 at 10.39.50

ފަރެސްމާތޮޑާ ބިން ހިއްކުމުގެ މަސައްކަތް ނިމެން ކައިރިވެއްޖެ

WhatsApp Image 2026 09 23 at 20.26.07

ފޮނަދޫ ރީޖަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ މަސައްކަތް ބާރަށް ކުރިއަށް