ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބައިނަލްއަގުވާމީ ފަރާތްތަކަށް އަމާޒުކޮށްގެން ވިޒިޓް މޯލްޑިވްސް ހެކަތޯންއެއް ބާއްވަނީ

Mmd
STO_Ads

18 އަހަރުން މަތީގެ ދިވެހިންނާއި ބައިނަލްއަގުވާމީ ފަރާތްތަކަށް އަމާޒުކޮށްގެން ވިޒިޓް މޯލްޑިވްސް ހެކަތޯންއެއް، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ރަސްމީ ކޮށް އިފްތިތާހުކޮށްފިއެވެ.

މި ހެކަތޯންއަކީ ޓެކްނޮލޮޖީގެ ޒަރިއްޔާއިން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ފަރުމާކޮށްފައިވާ 48 ގަޑިއިރުގެ ދިގު ހެކަތޯއެންއެއް ކަމަށް އެމްއެމްޕީއާރްސީ އިން ވަނީ ބުނެފައެވެ. އެމްއެމްޕީއާރްސީ އިން ބުނީ މި ހެކަތޯންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މައުލޫމާތުގެ ސެޝަންތަކެއްވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި ސެޝަންތައް ބޭއްވުމަށް ހަމަޖެހިފައިވަނީ:

Maldivian_Ads

  • މާޗު 13
  • މާޗު 19
  • އޭޕްރީލް 7

އެމްއެމްޕީއާރްސީ އިން ބުނީ މި ހެކަތޯންގައި ބައިވެރިވާން ބޭނުން ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑި އަކީ އަންނަ މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. ޕްރޮޕޯސަލް އިވެލުއޭޝަންތައް އޭޕްރީލް މަހުގެ 12 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، ހެކަތޯންގައި ބައިވެރިވުމަށް ހޮވޭ ޕްރޮޕޯސަލްތައް އޭޕްރީލް މަހުގެ 13 ވަނަ ދުވަހު އިއުލާނު ކުރެވޭނެ ކަމަށްވެސް އެމްއެމްޕީއާރްސީ އިން ބުންޏެވެ.

މި ހެކަތޯން ބޭއްވުމަށް ހަމަޖެހިފައިވަނީ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުން ފެށިގެން 20 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ހެކަތޯން އިފްތިތާހު ކޮށްދެއްވުމަށްފަހު ޓޫރިޒަމް އަދި އެންވާރަމެންޓު މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވީ މިހަރަކާތުގައި ބައިވެރިން ގެނެސްދޭ އިނޮވޭޓިވް ވިސްނުންތަކުގެ ޒަރިއްޔާއިން ރާއްޖެ އަންނަ ފަތުރުވެރިންނަށް މަރުހަބާ ކިޔާ ގޮތާއި، އިންޑަސްޓްރީ މެނޭޖްކުރާނެ ގޮތުގެ އިތުރުން ޒިޔާރަތްކުރާ ފަރާތްތަކުގެ ތަޖުރިބާތައް އިތުރުކޮށް ރާއްޖޭގެ ގުދުރަތީ މާހައުލު ހިމާޔަތްކުރާ ގޮތް ބައްޓަން ކުރުމަށް އެހީއަކަށް ވެގެން ދާނެ ކަމަށެވެ.

MWSC_Ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

konday guest house

ކުދި އަދި މެދުފަންތީގެ ފަތުރުވެރިކަމުގެ ވިޔަފާރިތަކުގެ މެންބަރޝިޕް ފީ ކުޑަކޮށްފި

PG

އެމްއެމްޕީއާރުސީ ޚިޔާނާތުގެ އިތުރު މައްސަލައެއްގެ ތަޙުޤީޤު ނިންމައިފި

އެމްއެމްޕީއާރުސީއަށް ފުރަތަމަ ފަހަރަށް 27 މިލިޔަން ރުފިޔާގެ ފައިދާއެއް

Vffff

ލިވަޕޫލްގެ ސީނިއާ ޓީމުގެ ވަފުދެއް ރާއްޖެ އަތުވެއްޖެ