ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދެ އިސް ދިވެހި ޑިޕްލޮމެޓުން ބޭރު ޤައުމުތަކަށް ސަފީރުންގެ ގޮތުގައި ޢައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައެވެ. މި ގޮތުން:

1. އަޙްމަދު ސަރީރު (މ. ވެސްޓްސައިޑް) - މޮރޮކޯއަށް ކަނޑައަޅާ ދިވެހިރާއްޖޭގެ ނޮން-ރެޒިޑެންޓް ސަފީރު
2. ފެލްޓިނަންޓް ޖެނެރަލް (ރިޓަޔަރޑް) އަބްދުއްރަޙީމް އަބްދުއްލަތީފް (ގ. ކަނޑިތޮޅިއާގެ) - ރަޝިޔާ ފެޑެރޭޝަނަށް ކަނޑައަޅާ ދިވެހިރާއްޖޭގެ ނޮން-ރެޒިޑެންޓް ސަފީރު

މި ދެ ބޭފުޅުންނަށް ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅީފުޅު މަޖިލީހުގެ އިދާރީ މޭޒުން މިއަދުގެ ޖަލްސާގައި ކިޔައިދެއްވިއެވެ. މަޖިލީހުގެ ރައީސް އަބްދުއްރަޙީމް ޢަބްދުﷲ ވަނީ މި މައްސަލަ އިތުރަށް ދިރާސާކުރުމަށް މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުއްވާފައެވެ.

އިޝްތިހާރު އިޝްތިހާރު

މިހާރުވެސް އަޙްމަދު ސަރީރަކީ ސަޢޫދީ ޢަރަބިއްޔާއަށް ކަނޑައަޅުއްވާފައި ހުންނެވި ދިވެހިރާއްޖޭގެ ސަފީރެވެ. އަދި އަބްދުއްރަޙީމް އަބްދުއްލަތީފަކީ ތުރުކީއަށް ކަނޑައަޅުއްވާފައި ހުންނެވި ދިވެހިރާއްޖޭގެ ސަފީރެވެ.