ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދެ ގައުމަކަށް ނޮން-ރެސިޑެންސް ސަފީރުން އައްޔަނުކުރުމަށް ރުހުން ދީފި

majilis
STO_Ads
TTH_Ads
Maldivian_Ads
Advertisement

ދެ ގައުމަކަށް ނޮން-ރެސިޑެންސް ސަފީރުން އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ.

ދެ ގައުމަކަށް ނޮން ރެސިޑެންޓް ސަފީރުން އައްޔަންކުރުމަށް ނިންމަވާފައިވާތީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަށް ރުހުން ދެއްވުމަށް އެދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ހުށަހެޅުއްވީ މާޗު މަހުގެ އަށްވަނަ ދުވަހު އެވެ. ސަފީރުން އައްޔަނުކުރާ ދެ ގައުމަކީ:

އާޖެންޓީނާ – އެކުވެރި ދައުލަތްތަކުގެ ޖަމިއްޔާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބް ޑރ. އަލީ ނަސީރު މުހައްމަދު
ބޮސްނިއާ އަދި ހެރްޒެގޮވީނާ – ޖަރުމަނަށް ރާއްޖެއިން ކަނޑައަޅުއްވާފައިވާ ސަފީރު ޢާއިޝަތު ޝާން ޝާކިރު
އެ ދެ ބޭފުޅުންގެ ނަން ދިރާސާކުރުމަށްފަހު ނިންމި ގޮތުގެ ރިޕޯޓު ގައުމީ ސަލާމަތާ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން ވަނީ މަޖިލީހުގެ ތަޅުމަށް މިއަދު ހުށަހަޅައިފަ އެވެ.

HajjCop_ads
Advertisement

މިއަދުގެ ޖަލްސާގައި އާޖެންޓީނާގެ ސަފީރަށް ޑރ. އަލީ ނަސީރު އައްޔަންކުރުމަށް ފެންނަ ކަމަށް 55 މެންބަރުން ވޯޓުދެއްވި އެވެ.

އަދި ބޮސްނިއާ އައި ހެރްޒެގޮވީނާގެ ސަފީރަަށް ޢާއިޝަތު ޝާން ޝާކިރު އައްޔަންކުރުމަށް ފެންނަ ކަމަށް 54 މެންބަރުން ވޯޓުދެއްވި އެވެ.

ސަފީރުކަމަށް އައްޔަންކުރުމުގެ އިޖުރާއާތު ގާނޫނުގައި އޮންނަ ގޮތުން އެ މަގާމަށް ބޭފުޅުން އައްޔަންކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާއެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޔޫއޭއީއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޠާރިޤު ޔޫއޭއީގެ ރައީސަށް ފަތްކޮޅު އަރުވައިފި

އިނގިރޭސިވިލާތަށް ރާއްޖެއިން ކަނޑައަޅާ ސަފީރަކަށް ޖަމީލާ އައްޔަންކުރައްވައިފި

HQtyYKka8AATohI

ޤައުމުތަކުގެ ސުލްހައާއި ހަމަޖެހުމަށް ޤާނޫނު ހަދާ މަޖިލިސްތަކުގެ ދައުރު މުހިންމު: މަޖިލީހުގެ ރައީސް

ރާއްޖެ އާއި އޮސްޓްރޭލިއާގެ ގުޅުން އިތުރަށް ބަދަހިކުރަން މަޝްވަރާކޮށްފި