ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މިރާލް 200 މީޓަރު އިންޑިވިޖުއަލް މެޑްލޭގެ ޤައުމީ ރެކޯޑު އާކޮށްފި

19b10db3 8f92 4d33 8cfa Bf2853d50f57
STO_Ads
TTH_Ads
Advertisement

ޔޫކޭގައި ކުރިއަށްދިޔަ ޑެވަން ކައުންޓީ ޗެމްޕިއަންޝިޕްސްގައި ދިވެހި ފެތުންތެރިޔާ މިރާލް ޢައިން ލަތީފް އަންހެނުންގެ ލޯންގކޯސް 200 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ޤައުމީ ރެކޯޑު އާކޮށްފިއެވެ. މިރާލް މި ރެކޯޑު އާކޮށްފައިވަނީ 2 މިނެޓާއި 45 ސިކުންތާއި 93 މިލިސިކުންތުން (02:45.93) ރޭސް ނިންމައިގެންނެވެ.

މި އިވެންޓުގެ ކުރީގެ ޤައުމީ ރެކޯޑު ހިފަހައްޓާފައިވަނީ އަމްނާ ތަޒްކިޔާ މިރުޞާދެވެ. އަމްނާ މި ރެކޯޑު ހާސިލުކޮށްފައިވަނީ 2022 ވަނަ އަހަރު ސްރީލަންކާގައި ބޭއްވުނު އެ ޤައުމުގެ ނެޝަނަލް އެންޑް ޖޫނިއަރ ނެޝަނަލް ލޯންގކޯސް ސްވިމިންގ ޗެމްޕިއަންޝިޕްސްގައި 2 މިނެޓާއި 49 ސިކުންތާއި 55 މިލިސިކުންތުން (02:49.55) ރޭސް ފުރިހަމަކޮށްގެންނެވެ.

Meral Devoncountychampionships 200m Im Web2025

MMA_Ads
HajjCop_ads
Advertisement

މިރާލްގެ މި ކާމިޔާބީއާއެކު، އޭނާ ވަނީ އަމްނާގެ ރެކޯޑަށްވުރެ 3 ސިކުންތާއި 62 މިލިސިކުންތު އަވަސްކޮށްލާފައެވެ. މިއީ ދިވެހި ފެތުމުގެ ތާރީޚުގައި ފާހަގަކޮށްލެވޭ ކުރިއެރުމެކެވެ.

ސްވިމިންގިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން މި ކާމިޔާބީއަށް މިރާލްއަށް މަރުޙަބާ ކިޔާ، ޝުކުރު އަދާކޮށްފައިވެއެވެ. އަދި މިރާލްގެ މި ކާމިޔާބީއަކީ ދިވެހި ފެތުންތެރިންނަށް ލިބޭ ހިތްވަރެއް ކަމަށް ވިދާޅުވެފައިވެއެވެ.

މިރާލްގެ މި ކާމިޔާބީއާއެކު، ކުރިއަށް އޮތް ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ދިވެހިރާއްޖެ ތަމްސީލުކުރުމަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމަށް ބެލެވެއެވެއެވެ. އަދި މިފަދا ކާމިޔާބީތަކަކީ ޒުވާން ފެތުންތެރިންނަށް ލިބޭ ބޮޑު ހިތްވަރެއް ކަމުގައިވެސް ފާހަގަކުރެވެއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
HajjCop_ads
MMA_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އައިއޯއޭ އެމްބެސެޑާސް ސެޝަންގައި ބައިވެރިވުމަށް ޝަބާ ގްރީސްއަށް

އެސްޓީއޯ ވޯލްޑް ކަޕް ފޯރި ޕްރޮމޯޝަން ފަށައިފި

އޭދަފުށިން ގޯލްޑަންގެ ޗެރިޓީ ޝީލްޑް އުފުލާލައިފި

ކޭމްޕަށް ޤައުމީ ފުޓްސަލް ޓީމު ޗައިނާއަށް